ޚަބަރު

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު 14އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޯގާ ހަރަކާތާއި ގުޅިގެން ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ އަދަދު 14އަށް އަރައިފިއެވެ.

Ads by STELCO

މީގެ ކުރިން މި މައްސަލައިގައި 12 މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ފުލުހުން ވަނީ އާއްމުކޮށްފައެވެ. ހައްޔަރު ކުރި 12 މީހުންގެ އިތުުރުން ދެ މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެ ޝެއިޚުން ވެސް ހިމެނެއެވެ. ޝެއިޚް ފަޒްލޫން މުހައްމަދާއި ޝެއިޚް އާދަމް ނިޝާންގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހައިފައެވެ.

މީގެ އިތުރުން މި ހަމަނުޖެހުމުގައި ބަންދު ކުރި، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ. ޝޭހް ފަޒްލޫނާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފައެވެ.

ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ އިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ހާއްސަ އިންކުއަރީއެއް ދަނީ ހިންގަމުންނެވެ.

Ads by HDC
  1. އިމްނު މުހައްމަދު

    އެމްޑީޕީ ދެން ވެރިކަމަށް ނާންނާނެ..ލިބޭނެހެން ހީވާ ގިނަ ވޯޓް ގެއްލުނީ