ޚަބަރު

ދިވެހި ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް 17 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު މަރުޙަބާ ދަންނަވައިފިއެވެ.

Ads by Sosun Fihaara

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި އެމްޑީޕީން ކޮށްފައިވާ ބައެއް މަސައްކަތް ހިއްސާ ކުރެއްވިއެވެ.

"ޓެކްސްގެ ނިޒާމް ތައާރަފްކޮށް، ދައުލަތުގެ އާއްމުދަނީ އިތުރުކޮށް، ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީން" ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް 17 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީގެ މެންބަރުންނަށާއި ޕާޓީއަށް ތާއީދު ކުރައްވާ އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.

Ads by HDC
  1. ދިވެހިރާއްްޖެ ހަލާކު ކުރީ ތިޔ ބައިގަނޑު

  2. ���

    ޔަގީންތާ. އެންމެ ފަހުން ގެނައި ބަދަލަކީ މަކުނުކުޅި އާންމުކުރުން.

  3. ބޭބެ

    ވަރަށް ރަގަނގަޅަށް ތިބުނީ ފޯކަސް އަނބުރާލަންދޯތިތެޅެނީ
    ކޮށްގެ ކޮލްގެޓްފުޅި ކުޅިއަދޯ ؟

  4. އާދަނު

    ތެދުފުޅެއް، މަނިފާނު ރާއްޖެނާނަ އިރު ރާއްޖެ އަކީ ވަރައް އަމާން ހިތްހިޔޮ އޯގާތެރި ގުޅިގެން އެމެން އުޅުނު ގައުމެއް މަނިފާނު އެހުރިހާ ކަމެއް ބަދަލު ކުރައްވައިފި

  5. ބަރަބޯބެ

    މި ޝައިތާނު އަދިވެސް ބޮޑުކަނޑައޭދޯ ލަދެއް ހަޔާތެއްނެތި.