ޚަބަރު

ޔޯގާ ހަރާމްކަމަށް ބުނެ ފަތުވާ ނެރެފައި ވަނީ އިޖުރާއަތްތަކާ ޚިލާފަށް: އިސްލާމިކް މިނިސްޓްރީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ޚިލާފުކަމެއް ކަމަށް ބުނެ، މިމަހުގެ 15ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގައިވާ ފަތުވާއަކީ އިޖުރާއަތްތަކާ ޚިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާގެ ހަރަކާތަށް ބަޔަކު ވަނީ ހުރަސް އަޅައިފައެވެ. އަދި މި ފަހުން ވަނީ ޔޯގާއަކީ ޙަރާމް ކަމެއް ކަމަށާއި އެކަން ހުއްޓުވައިދޭން އިސްލާމިކް މިނިސްޓްރީން، ފުލުހުން ގާތު އެދުނު ސިޓީއެއް އާއްމުވެފައެވެ.

ސިޓީއާ ގުޅިގެން މިއަދު އިސްލާމިކް މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ވިދާޅުވީ، އެ ސިޓީއަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވައިފައިވާ ސިޓީއެއް ނޫން ކަމަށެވެ. އަދި އެ ސިޓީގައި ހިމެނޭ ފަތުވާ ނެރެފައި ވަނީ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި،  ޔޯގާގެ ޝަރުއީ ހުކުމާ މެދު ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާންމު ކުރައްވާނެ ކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ.

Ads by Ooredoo
  1. ނާޅި

    ފަތުވާގެ ޢިޖުރާއަތަކީ ކޮބައިތޯ ؟ މުންކަރާތެއް ނަހީކުރެވެނީ މާބޮޑު ޢިޖާޢާތެއް ހިންގައިގެންތޯ ؟ ފަތުވާ ކޮމިޓީ އުވިފައިވާ އިރު ފަތުވާ ހޯދާނީ ކިހިނެއްތޯ ؟ ފަތުވާ ކޮމޮޓީވެސް އިޖުރާޢީގޮތުން ފުރިހަމަނުވޭ ކިހިނެއް ފަތުވާ ޢިޖުރާޢީގުން ސައްހަވާނީ !