ޚަބަރު

ކޮވިޑް ގިނަ ވާތީ ޢީދުގައި ހަވާ އެރުވުމާއި ޝޯވ ނުބާއްވަން ނިންމައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މި ފަހަރު ޢީދުގައި ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވަމުން އައި ޝޯވ އަދި ހަވާ އެރުވުމުގެ ހަރަކާތް ނުބާއްވަން ނިންމައިފިއެވެ.

Ads by MWSC

އެޗް.ޑީ.ސީން ބޭއްވުމަށް ތައްޔާރުވަމުން އައި މި ދެ ހަރަކާތް ނުބާއްވަން ނިންމައިފައި ވަނީ ކޮވިޑްގެ ވޭދަނަތައް މި ދުވަސްވަރު އިތުރުވަމުންދާތީ ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ހަރަކާތަކަށް ވީތީކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެއިން ކޮވިޑް ވޭދަނަތައް ފެންނަ އަދަދު އިތުރުވާން ފަށައިފައިވާ އިރު،  މިދިޔަ ހަފްތާގައި މުޅި ރާއްޖެއިން އަލަށް ފައްސިވީ މީހުންގެ އަދަދު 1،202އަށް އަރައިފައި ވެއެވެ. ކޮވިޑް ވޭދަނަތައް އިތުރުވަމުންދާތީ އިތުރަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ވޭދަނަތައް އިތުރުވާން ފަށައިފައިވާ އިރު ހޮސްޕިޓަލުގައި އެނދުމަތި ކުރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެކަނި ވެސް 51 މީހަކު ވަނީ ކޮވިޑް ޖެހިގެން އެނދުމަތިކޮށްފައެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ފަސް މީހަކު ކޮވިޑް ބަލީގައި ނިޔާވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!