ދުނިޔެ

ޗައިނާއިން ރަޝިޔާއަށް އެކްސްޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ރަޝިޔާއަށް އެކްސްޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.

Ads by WAMCO

ދިރާސާއަކުުން ދައްކާ ގޮތުގައި، ޔޫކްރެއިންނަށް ރަޝިއާއިން އަރައިގަތުމާ ގުޅިގެން ރަޝިއާއަށް އެކްސްޕޯޓް ކުރުން މަދުވެފައި ވަނީ ހަމައެކަނި ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ހުޅަނގުގެ ގައުމުތަކުން ނޫން ކަމަށާއި ޗައިނާ ހިމެނޭ ގޮތަށް ދަތިކުރުމުގެ ފިޔަވަޅު ނާޅާ ގައުމުތަކުން ވެސް ރަޝިޔާއަށް އެކްސްޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި މޮސްކޯއަށް ގިނަ އަދަދެއްގެ މުދާ މިވަގުތު، ސަޕްލައި ކުރާ ފަރާތްތައް ހޯދުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ފެބްރުއަރީ 24ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަންނަން ފެށިތާ ގާތްގަނޑަކަށް ދެ މަސް ވެފައިވާއިރު، ދަތިކުރުމުގެ ފިޔަވަޅު އަޅާ ގައުމުތަކުން ރަޝިޔާއަށް އެކްސްޕޯޓްކުރާ މުދާ ގާތްގަނޑަކަށް 60 ޕަސެންޓް ވަނީ ދަށްވެފައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅު ނާޅާ ގައުމުތަކުން އެކްސްޕޯޓްކުރާ މުދާ ގާތްގަނޑަކަށް 40 ޕަސެންޓް ދަށްވެފައިވާ ކަމަށް ޕީޓާސަން އިންސްޓިޓިއުޓް ފޯ އިންޓަނޭޝަނަލް އިކޮނޮމިކްސްގެ ދިރާސާއިން ދައްކައެވެ. މިއީ 54 ގައުމަކުން ލިބުނު ޑޭޓާއެވެ.

މި ދިރާސާގެ ސީނިއާ ލިޔުންތެރިޔާ މާޓިން ޗޯރްޒެމްޕާ ދިން އިންޓަވިއުއެއްގައި ވިދާޅުވީ، މިހާރު ލިިބިފައި ވަނީ އެޕްރީލް މަހުގެ 30ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އެކަމަކު މެއި މަހުގެ ނިޔަލަށް ޗައިނާއަށް އެކަނި ކުރި ޑޭޓާތައް ވަކިން ތަހުލީލު ކުރުމުން ދައްކާ ގޮތުގައި ޗައިނާއިން ރަޝިޔާއަށް އެކްސްޕޯޓްކުރި މިންވަރު ހަނގުރާމައިގެ ކުރިން އޮތް މިންވަރަށް ވުރެ މާ ދަށް ކަމުން ބެއިޖިން އިން މޮސްކޯއަށް އެކްސްޕޯޓް ކުރުމުގައި ބިރު އޮތް ކަމަށް ޤަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޗައިނާގެ ރައީސް ޝީ ޖިންޕިންގް 'ނޯ ލިމިޓްސް' އެއްބާރުލުން ރަޝިއާއަށް ދޭނެ ކަމަށް ވައުދުވި ނަމަވެސް، ހަނގުރާމައާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންއަށް ފަހު ދެވަނައަށް ރަޝިއާއަށް އެސްޕޯޓް މަދު ކުރި ޤައުމަކީ ޗައިނާ" އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!