ޚަބަރު

އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭއިން މުޖުތަމައު ދުރުކުރަން މަސައްކަތް ކުރަން ޖެހޭ: ޚުތުބާ

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ހުކުރު ނަމާދެއްގެ ޖަމާއަތެއް--

އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭ ކުރުން ފަދަ ފާހިޝް އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

Ads by MWSC

މި ބިންމަތީގައި ފަސާދައާއި ހުރިހާ ނުބައި ކަމެއް ފާޅުވަނީ އިންސާނާގެ ނުބައި އަމަލުތަކުގެ ސަބަބުން ކަން ފާހަގަކޮށް، ހުކުރު ހުތުބާގައި ވަނީ އިންސާނާ ދިރިއުޅޭ ވެށި ތަޣައްޔަރުވެ، ނުސާފު ވަނީ މިފަދަ ސަބަބުތަކުގެ ސަބަބުން ކަން އެނގޭކަން ފާހަގަކޮށްފައެވެ. އަދި ވެށި ސާފުކޮށް ތާހިރުކޮށްފި ނަމަ، އެ ހުރިހައި ކަމެއް ރަނގަޅުވާނެ ކަމަށް ބުނެފައިވެއެވެ.

އިންސާނަކަށް ވީތީ އޭނާގެ ގައިގައި ލައްވާފައިވާ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ޖިންސީ ގަރީޒާ ހިމެނޭ ކަމަށާއި އެ ކަމަށް އިޖާބަ ދޭނެ މިންގަނޑަކީ ޝަރުއީ ކައިވެނިކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

މިއީ ސައްހަ ގޮތުގައި ޖިންސީ ގަރީޒާ ފުއްދަން އޮތް މަގުކަން ފާހަގަކޮށް، ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތަކުން ދުރުވުމަށް ހުތުބާގައި ވަނީ ގޮވައިލައިފައެވެ.

"ދުނިޔޭގައި ފެތުރެމުންދާ ނުރައްކަތެރި ބަލިތަކާ ވަބާތަކާ މެދު ވިސްނައިލާ އިރު، އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތަކެވެ. މިފަދަ ބަލިތައް އިންސާނުންގެ މެދުގައި ފެތުރެނީ އިންސާނުން ކުރާ ފާހިޝް އަމަލުތަކުގެ ސަބަބުންނެވެ. މާތް ﷲ ކަނޑައަޅުއްވައިފައިވާ ޝަރުއީ ނިޒާމުން ބޭރުވުމުންނެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭ ކުރުމާއި އެކިއެކި ނަހަމަ ޖިންސީ އަމަލުތަކުގެ ތެރެއަށް މީހުން ގެނބިގެން ދިއުމުގެ ސަބަބުންނެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ހަމައެހެންމެ މިފަދަ ފާހިޝް އަމަލުތައް މުޖުތަމައުގައި ފެތުރިއްޖެ ނަމަ ކުރީގެ އުއްމަތްތަކަށް ފާޅުނުކުރައްވާ ފަދަ ބަލިމަޑުކަންތަކާއި ވަބާތައް ފާޅުކުރައްވާނެކަމުގެ އިންޒާރު ކީރިތި ރަސޫލާ މި އުއްމަތަށް ދެއްވައިފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. 

ހުތުބާގައި އިތުރަށް ބުނެފައި ވަނީ މިފަދަ ފާހިޝް އަމަލުތަކުން ދުރުވުމަށް ދީނުގައި އަންގަވައިފައި ވަނީ ފާފަވެރިވުމުގެ އިތުރުން އެ ކަމުގެ ސަބަބުން ދިމާވާ އިޖުތިމާއީ، އަހުލާގީ މައްސަލަތަކާއި ފެތުރޭ ނުރައްކާތެރި ބަލިތަކާއި ވަބާތަކުން ފަރުދުންނާއި މުޖުތަމައު ރައްކާތެރިކުރުމަށް ކަމަށެވެ.

Ads by Allied Insurance
  1. ޖެނެރަލްސީސީ

    ހުތުބާގަ ކިޔާ އެއްޗެއް ކެނެރީގެއަކުން ބަލައެއް ނުގަނޭ. މިހާރުވެސް ގަންޖާބޯ އެކިޔަނީ ދިފާއުކުރާކަށް ނޫނޯ މިކިޔަނީ އަދި އިސްލާމްދީނުގަ އޮވެޔޯ މިވެނިގޮތެއް އެވެނި ގޮތެއް.. މީނައަކަށް ނޭނގޭތަ އިސްލާމްދީނުގަ އޮންނަކަމެއް ލިވާތުކުރާ މީހާ އުސްތަނަކުން ވައްޓާ މަރާލުމަށް. ލިވާތު ކުރުމާ ގުޅޭގޮތުން ނާޒިމް އަބްދުއްސައްތާރު އަމިއްލައަށް އެއީ ހުކުމް ކަމަށް ބުނެ ކޮށްފައިވާ ޓުވީޓެއްވެސް އެބައޮތްވިއްޔާ. އެހެންނުނަސް މިރާއްޖެއަކީ ބޮޑުންގެ އާއިލާގެ މީހަކު މުރުތައްދުވިޔަސް އެމީހުންނަށް ހިމާޔަތްދޭ ރާއްޖެ ކަމަށް އެންމެންވެސް ކިޔާވިއްޔާ. އުތަމަ އާއި އެމްޑީއެންވެސް އެތީބިނު ހެވިދިލިފަ. ހައްގުބަސް ބުނާ މީހަކު ގޮޅީގަ.. މުރުތައްދުވާ މީހުން އުދުހެނީ.