ޚަބަރު

އައިއެސްގެ ލޯގޯޖެހި ޖުއްބާއެއްގައި ހުރި މީހަކު ސަލްމާން މިސްކިތުގެ މިންބަރަށް އަރައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހައްދު ފަހަނަ އަޅައިފައިވާ ޖަމާއަތެއް ކަމަށްވާ، އައިއެސްގެ ލޯގޯޖެހި ޖުއްބާއެއްގައި ހުރި މީހަކު ސަލްމާން މިސްކިތުގެ މިންބަރަށް އަރާ، އަޑުގަދަ ކޮށްފިއެވެ.

Ads by Hajj Corporation

މިއަދުގެ ޚުތުބާ ފެށުމުގެ ކުރިން މި މީިހާ ވަނީ މިންބަރަށް އަރައި ފާތިހާ ސޫރަތް ކިޔަވައިފައެވެ. އަދި ދިވެހިން އެއްޗެހިތަކެއް ކީ ކަމަށް އެތަނުގައި ހުރި މީހަކު މައުލޫމާތުދެއެވެ. އެ ވަގުތު މިސްކިތުގައި ތިބި ފަރާތްތަކުން ވަނީ އޭނާ އެތަނުން ބާލައިފައެވެ. އެ މީހާ އަތުގައި މުޞްޙަފެއް ވެސް އޮތެވެ.

އެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދަނީ ދައުުރުވަމުންނެވެ.

ފަހުން އެ ތަނަށް ފުލުހުންނާއި ސިފައިން ވަނީ އައިސްފައެވެ. އަދި އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ. ނުކިޔަމަންތެރިކަން ދައްކަން މަސައްކަތް ކުރުމުން އެ މީހާ ހައްޔަރުކޮށްފައި ވަނީ ބިޑި އަޅުވައިގެންނެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ، ސަލްމާން މިސްކިތުގެ މިންބަރަށް އަރައި މީހަކު އަޑުގަދަ ކުރަމުންދާ ކަމުގެ މައުލޫމާތު މިއަދު 12:24 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި 43 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

  1. ހަވާނާ

    ހާދަ ވައްތަރޭ ބޮޑު ޑުރާމާއަކާ. އަޑީގަ ތިބޭނީ އިސްލާމްދީނަށް ނަފްރަތު އުފައްދާ ގުރޫޕް.