ޚަބަރު

ޒަޔާންގެ މަރު: ތަހުގީގަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކާ ގުޅިގެން ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން.

މިދިޔަ ޖޫންމަހުގެ ދެވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގުރޫޕު ހަދައިގެން އައްޑޫ ސިޓީގެ ގެއަކަށް ވަދެ ޒުވާނަކަށް ހަމަލާދީ މަރައިލި މައްސަލައިގެ ތަހުގީގަށް ހުރަސްއަޅައި ނުފޫޒު ފޯރުވަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި ބަންދުކޮށްފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވައި ތަހުގީގަށް ހުރަސްއަޅައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާއި އެކަމަށް ދަތިކުރަމުންދާ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ.

އޭގެ އިތުރުން ވެސް ބައެއް ފަރާތްތަކުން މި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާތީ އެ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އައްޑޫ ސިޓީގެ ފޭދޫގެ ގެއަކަށް ވަދެ ތޫނު އެއްޗަކުން ހަމަލާދީ މަރައިލީ އެ ރަށު ސޮލިޑް, މުހައްމަދު ޒަޔާން (21އ) އެވެ. މި މައްސަލައިގައި މިހައިތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުދިންނާއި 18 އަހަރާއި 28 އަހަރާ ދެމެދުގެ ފަސް މީހުންނެވެ.

މި ހަތް މީހުންގެ ތެރެއިން ބައެއް މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް މިހައިތަނަށް ލިބިފައިވާ ކުރިއެރުމާއި ހޯދިފައިވާ ހެއްކާ ބެހޭ ގޮތުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހާ އެކު މަޝްވަރާކުރެވި ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!