ދުނިޔެ

އިންޑިއާގައި 19 ބާވަތެއްގެ ޕްލާސްޓިކް ތަކެތި މަނާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެއް ފަހަރު ބޭނުންކޮށްފައި އުކާލައި ޕްލާސްޓިކް ތަކެތީގެ ތެރޭގައި ހިމެނޭ 19 ބާވަތެއްގެ ޕްލާސްޓިކް ތަކެތި އިންޑިއާގައި މަނާކޮށްފިއެވެ.

Ads by WAMCO

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ތަކެތި މަނާކޮށްފައިވާ ކަމަށާއި މަނާކޮށްފައި ވަނީ ޕްލާސްޓިކް ހޮޅި، އުލާއި ސަމުސާ، ކަފަބުރު، ޕެކޭޖިން ފިލްމް، ފުއްޕާ ހަން، ކެންޑީ އަދި އައިސްކްރީމްގެ ޕްލާސްޓިކް ދަނޑި، އަދި ސިނގިރޭޓް ޕެކެޓް ފަދަ ތަކެތި ކަމަށެވެ

ފުރަތަމަ ބުރުގައި މަނާ ކުރި 19 ބާވަތެއްގެ ޕްލާސްޓިކް ތަކެއްޗަކީ ތިމާވެށި ތަޣައްޔަރު ވުމަށް މަގުފަހިކޮށްދޭ ތަކެތި ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އެ ބާވަތްތައް އުފެއްދުމާއި އިމްޕޯޓް ކުރުމާއި ރައްކާކޮށްފައި ބެހެއްޓުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިއުމަކީ މަނާ ކަމެކެވެ.

އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ބައެއް ޕްލާސްޓިކް ކޮތަޅުތައް ވެސް މަރުހަލާތަކުން ނައްތައިލައި، އޭގެ ބަދަލުގައި ބޯ ކޮތަޅުތައް ބޭނުން ކުރުމަށް ހިތްވަރު ދޭ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

މިއާއެކު، ޕްލާސްޓިކް އުފައްދާ ކުންފުނިތަކުން ވަނީ އިންފްލޭޝަންއާއި ވަޒީފާ ގެއްލިދާނެ ކަމަށް ބުނެ މަނާކުރުން ލަސްކުރުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

އިންޑިއާގެ ފެޑެރަލް އެންވަޔަރަންމަންޓް މިނިސްޓަރު ބުޕެންދަރު ޔާދާވް ހުކުރު ދުވަހު ނިއުދިއްލީގައި ބޭއްވި ނިއުސް ބްރީފިންގައި ވިދާޅުވީ އެ މަނާކުރުން އިއުލާން ކުރިތާ އަހަރެއްހައި ދުވަސް ވެފައިވާ ކަމަށާއި، މިއީ އަމަލު ކުރަން ފަށަން ޖެހޭ ވަގުތު ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!