ޚަބަރު އިޖުތިމާޢީ

ހައްޖާޖީންގެ ފަހު ގުރޫޕް މިރޭ ފުރާނެ: އިސްލާމިކް މިނިސްޓްރީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރު (1443 ވަނަ އަހަރު) ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރާނެކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

Ads by MWSC

މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ މިދިޔަ މަހުގެ 26ވަނަ ދުވަހުގެ ރޭގައެވެ. އެއީ ޖުމްލަ 157 ހައްޖާޖީންނެވެ. ދެވަނަ ގުރޫޕު ފުރީ 29 ވަނަ ދުވަހުގެރޭގައެވެ. އެ ގުރޫޕުގައި 175 ހައްޖާޖީން ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ ފަހު ގްރޫޕް މިރޭ ފުރާނެ ކަމަށެވެ. އަދި ހައްޖާޖީންނަށް ފަސޭހަކަމާ އެކު އެއާޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާ ގުޅޭ މުއައްސަސާތަކާ އެކު ހަމަޖައްސައިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މިރޭ ހައްޖުވެރިންގެ ފްލައިޓް ފުރާނީ ރާއްޖޭ ގަޑިން 23:30ގައި ކަމަށެވެ. މި ގުރޫޕުގައި ހިމެނެނީ 155 ހައްޖާޖީންނެވެ.

މިރޭ ވެސް ހައްޖާޖީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ބަސް ޕޮއިންޓްތަކުގައި އެހީތެރިވެ ދިނުމަށް މީހުން ތިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް މާލޭގައި ބަސްތަކުގެ ދަތުރުތައް އޮންނާނީ މަޖީދީމަގާއި ފަރީދީމަގާއި އޯކިޑުމަގާއި އަމީނީމަގާއި ބޮޑުތަކުރުފާނު މަގުގައެވެ. މިނިސްޓްރީން ބުނީ މޫސުން ގޯސްވުމާ ގުޅިގެން ބަސް ދަތުރުކުރާ ރޫޓްތަކަށް ބަދަލުގެނެސްފައިވާ ކަމަށާއި, ވިއްސާރަވެއްޖެ ނަމަ ހައްޖުވެރިންނަށް ހިޔާވެވޭނެ ކަހަލަ ދިމާތަކަށް ހަމަޖައްސާފައިވާ ކަމަށެވެ.

ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޮއިންޓްތައް:

މަޖީޖީމަގު: ސްޓާސިނަމާ ކައިރި, ކްލިކް ކޮމްޕިއުޓަރ, ސަންފްރަންޓް ކައިރި, އަގޯރާ ކައިރި, އުރީދޫ މޯލްޑިވްސް, އިބްރާހީމީ މިސްކިތް ކައިރި, ހެންވޭރު ކެލަމް ކައިރި

އަމީނީމަގު: އެސްޓީއޯ ސްޓާފް ކުއަރޓާސް ކައިރި, ޣިޔާސުއްދީން ސްކޫލު ކައިރި, އެމްޑަބްލިއުއެސްސީ ކައިރި, ސްޓެލްކޯ ކައިރި

ފަރީދީމަގު / އޯކިޑުމަގު: ސީސްޕޯޓްސް ކައިރި, އެސްޓްރާބަން މޯލްޑިވްސް ކައިރި

ބޮޑުތަކުރުފާނުމަގު: ޖެޓީ ނަންބަރު 5 ކައިރި, އެމްޓީސީސީ ހެންވޭރު ފެރީޓަރމިނަލް ކައިރި

ހުޅުމާލެ ފޭސް 1: ރެޑްވޭވް ސިޓީ ސްކޮޔާ, ހުޅުމާލޭ ހޮސްޕިޓަލް ކައިރި (މެއިން ބަސް ސްޓޮޕް) ,އަމީން އެވެނިއު ކުރިމަތީގައި ހުންނަ ބަސް ސްޓޮޕް, N1 ބަސް ސްޓޮޕް ކައިރި

ހުޅުމާލެ ފޭސް 2: އެމްޓީސީސީ ބީޗް ސައިޑް ބަސް ސްޓޭޝަން

މި ހުރިހައި ބަހެއްގެ ދަތުރު ފަށާނީ 19:00އިން ފެށިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!