ޚަބަރު

ރ. މީދޫ ދެކުނު ފަރާތް ހުއްޓުމެއް ނެތި ގިރަނީ: ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ރ. މީދޫގެ ދެކުނު ފަރާތް ހުއްޓުމެއް ނެތި ގިރަމުންދާތީ އެ ރަށުގެ ކައުންސިލުންނާއި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Sosun Fihaara

ރ. މީދޫ ކައުންސިލުން މިއަދު އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ރަށުގެ ދެކުނު ފަރާތުގައި ހެދިފައި ހުރި ބޮޑު ނިކަ ގަހެއް ވަނީ ވެއްޓިފައެވެ. އަދި ގިނަ އަދަދެއްގެ ރުއްތައް ވެސް އިއްޔެ ވެރިފައިވާކަމަށް އެ ރަށުން މަޢުލޫމާތު ލިބެއެވެ.

ފޮޓޯ: ރ. މީދޫ ކައުންސިލް

ރ. މީދޫ ރަށް ގިރުމުގެ މައްސަލަ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށައަޅުއްވައިފައި ވެއެވެ.

މީދޫ ކައުންސިލް ރަށްގިރުމުގެ ކަންބޮޑުވުންތައް އެންވަޔަރަމަންޓް މިނިސްޓަރާ ވެސް ހިއްސާކޮށްފައެވެ. މިކަންތައް ހިއްސާކުރި ބައްދަލުވުމުގައި ، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިކަމަށް މަޢުލޫމާތު ލިބެއެވެ.

ރ. މީދޫގެ ދެކުނު ފަރާތަކީ އެރަށުގެ އޮޑިދޯނި ފަހަރު ބަންނަ ހަރުގެތައް ހަދާފައި ހުރި ސަރަހައްދަށް ވުމާއެކު ހުއްޓުމެއް ނެތި ރަށްގިރަމުންދާތީ ހަރުގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!