ޚަބަރު

ގޯގޯ ލަަޠީފް އަވަހާރަވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މުޙައްމަދު ލަޠީފް (ގޯގޯ ލަަޠީފް)

އެމްޑީޕީގެ އެއް ބާނީ މުޙައްމަދު ލަޠީފް (ގޯގޯ ލަަޠީފް) އަވަހާރަވެއްޖެއެވެ.

Ads by PNC

ލަތީފް އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވުމަށް ފަހު ރޭ މެންދަމު 03:00ގައި ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައެވެ.

ލަޠީފަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފައުންޑަރ މެންބަރު ލަޠީފް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި, ލަތީފަކީ އިސްލާހަށް ލޯބި ކުރައްވައި, ރާއްޖެ އިސްލާހުގެ މަގަށް ގުރުބާނީއެއްވި ބޭފުޅެއްކަމަށެވެ.

Ads by Allied Insurance
  1. اللهم اغفر له وارحمه
    انا لله وانا اليه راجعون ! آمين