ޚަބަރު ސަރުކާރު

ކައުންސިލަށް ބާރުތަކެއްދީ، ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ލޯކަލް ކައުންސިލްތަކަށް ގިނަ ބާރުތަކެއްދީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

Ads by Sosun Fihaara

މި ބިލު ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގައި މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކައުންސިލުތަކަށް އެކަށީގެންވާ ޢާމްދަނީއެއް ލިބޭ ފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ޙައްޤުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅިގެން ދާނެއެވެ.

އަދި، ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށްދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފައިފައިވާ ކުންފުނިތަކުގެ ޙިއްޞާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހައި ފަރާތެއްގެ ވެސް ޙައްޤުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ޙިއްޞާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިވެގެންދާނެއެވެ.

މި އިސްލާހަށް އަމަލު ކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި، މި ބަދަލާ ގުޅިގެން އެކުލަވައިލާން ޖެހޭ އުސޫލުތައް އެކުލަވައިލާން ޖެހޭނެއެވެ.

ރައީސް މި ބިލު ތަސްދީގު ކުރެއްވުމާ އެކު، ބިލު ވަނީ ގެޒެޓުކޮށްފައެވެ. އެހެންކަމުން މިއަދުން ފެށިގެން މި ބިލަށް އަމަލު ކުރަން ފަށާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!