ޚަބަރު

7އަހަރުގެ ތެރޭގައި 1000އަށް ވުރެ ގިނަ މުދައްރިސުން ދާއިރާ ދޫކޮށްލި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހިރިމަރަދޫ ސުކޫލުގެ މުދައްރިސުންނާއިދަރިވަރުންތަކެއް/ ފޮޓޯ؛ ހިިރިމަރަދޫ ސުކޫލު ފޭސްބުކް ޕޭޖް

ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ 1000އަށް ވުރެ ގިނަ މުދައްރިސުން ތަޢުލީމީ ދާއިރާ ދޫކޮށް ގޮސްފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by STELCO

މިކަން ހާމަވެފައި ވަނީ ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށް ޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވައިލެއްވި "އެދުރުންގެ ފަންނު:ގޮންޖެހުންތަކާއި ހުށަހެޅުންތައް" ރިޕޯޓުގައެވެ.

މި ދިރާސާގައި ބައިވެރިވި 1000އަށް ވުރެ ގިނަ މުދައްރިސުންނަކީ ކިޔަވައިދިނުމަށް ޝަޢުގުވެރިކަން ހުރެގެން އެންމެ ފުރަތަމަ ކުރިމަތިލައިފައިވާ މީހުންނެވެ.

މި ދިރާސާގައި ބުނާގޮތުން ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ 18 ޑެޕިއުޓީ ޕްރިންސްޕަލުންނާއި 46 ޕްރިންސްޕަލުން ވަޒީފާއިން ވަނީ ވަކިވެފައެވެ. އަދި މި މުއްދަތުގައި ސަރުކާރުގެ ސްކޫލްތަކުން 1197 މުދައްރިސުން ވަޒީފާއިން ވަނީ ވަކިވެފައެވެ. މީގެ ތެރެއިން 1100 މީހުންނަކީ "ޓީޗަރ" ގިންތީގައި ތިބި މީހުންނެވެ. އަދި 79 މީހުންނަކީ "ސީނިއަރ ޓީޗަރުން"ގެ ގޮތުގައި ތިބި މީހުންނެވެ. އެންމެ ގިނައިން މުދައްރިސުން ވަކިވެފައި ވަނީ 2016ވަނަ އަހަރުގެ ތެރޭގައެވެ.

2021ވަނަ އަހަރު ނިމުނުއިރު ސަރުކާރު 214 ސްކޫލެއްގައި ތިބި މުދައްރިސުންގެ ތެރެއިން 79.2 އިންސައްތަ މުދައްރިސުންނަކީ ދިވެހި މުދައްރިސުންކަން ފާހަގަކޮށްފައިވެއެވެ. އެއީ 6،490 މުދައްރިސުންނެވެ. އަދި ބިދޭސީ މުދައްރިސުންގެ ގޮތުގައި 1،708 މުދައްރިސުން ތިއްބެވެ. އެއީ 20.8 އިންސައްތަ މުދައްރިސުންނެވެ. މީގެ ތެރެއިން 81.1 އިންސައްތަ މުދައްރިސުންނަކީ އަންހެނުންނެވެ. މި ރިޕޯޓުގައިވާ ގޮތުން ދިވެހި މުދައްރިސުންގެ ތެރެއިން ވެސް ތަމްރީން ލިބިފައިނުވާ މުދައްރިސުން ގިނައެވެ.

Ads by Allied Insurance
  1. ތިޔަ ދިރާސާ އަކީ ދިރާސާކުރި މީހުން ވަކި ނަތީޖާއެއްނެރެން ވެގެން ހަަދާފައިވާ އެއްވެސް ފެންވަރެއްނެތް ހަޤީގަތާއިވެސް ދުރު ފޭކް ދިރާސާއެއް ނުންތޯ !

  2. ދާއިރާގަ ތަޖުރިބާގިނަ ޓީޗަރުން ތަކެއް 2016 ގައި ޕޮލިސީ ބަދަލުކޮށް ޑިޕުލޮމާ ނެތީމަ ބޭރުކުރި ވާހަކަވެސް ހިމަނާލީމަ ފުރިހަމަ ވާނެ