އެމްޑީޕީ ކޮންގްރެސްގައި ބައިވެރިވެވޭނީ ޖުލައި 15ގެ ނިޔަލަށް އުފައްދައިފައިވާ ގޮފިތަކުގެ ރައީސުންނަށް
އަންނަ މަހު ބާއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ މި މަހުގެ 15އަށް އުފައްދައިފައިވާ އެ ޕާޓީގެ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނީ 19 އޯގަސްޓް 2022ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް 2022ގައި ބައިވެރިވާ ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާޙު ކުރުމަށް ދީފައިވާ މުއްދަތު 15 ޖުލައި 2022ވާ ބުދަ ދުވަހަށް ހަމަވާނެ ކަމަށެވެ.
އަދި މިމުއްދަތުގެ ތެރެއަށް ރަސްމީ ބަންދު ދުވަސްތަކެއް ވަންނާތީ މިބަންދު ދުވަސްތަކުގައި ހުށަހަޅުއްވާ ގޮފި ފޯމުތަކުގެ ޕީޑީއެފް އަދި ގޮފި ލިސްޓުތައް އެކްސެލް ފޯމެޓުގައި މެއިލް ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އޮންލައިންކޮށް ހުށަހަޅާ ފޯމްތަކުގެ އަސްލު 17 އަދި 18 ޖުލައިގެ މެންދުރު 1:30ގެ ކުރިން ހުށަހެޅުއްވުމަށް ވެސް އެމްޑީޕީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.