ޓެކްސް އިތުރުކުރަން އުޅޭތީ ޖަމީލުގެ ފާޑު ކިޔުން: ބައިސާ ކަނޑަން ތިއްބާ ޤައުމު އިނދަޖެހުނީ؟

ޚިދުމަތުގެ އަގުން ނަގާ ޓެކްސް، އިތުރު ކުރަން ސަރުކާރުން ނިންމައިފައި ވާތީ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ފާޑު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދަރަނިތައް ބޮޑުވާތީ ހަރަދުތައް ވެސް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ޓީ-ޖީއެސްޓީއާއި ޖީއެސްޓީ ބޮޑު ކުރަން ނިންމައިފައެވެ.
މިކަމާ ގުޅިގެން މިއަދު ޖަމީލް ވިދާޅުވީ، މި ސަރުކާރުން މިހައިތަނަށް ދަރަނި ނައިގެން ކުރީ ހުސް ބޭކާރު ކަންކަން ކަމަށެވެ. އަދި މިހާރު ތިބީ ދަރަނީގެ ދަންތުރައެއްގައި ކަމަށް ސިފަ ކުރެއްވިއެވެ.
ޖަމީލް ވިދާޅުވީ މިއީ ޓެކްސް ބޮޑު ކުރަންވީ ވަގުތު ނޫން ކަމަށް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވަނީ ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުކޮށް، ޓީޖީއެސްޓީ 16 ޕަސެންޓަށް އަންނަ އަހަރު ބޮޑުކުރަން ސަރުކާރުން ނިންމައިފައިވާކަން އިއުލާންކުރައްވައިފައެވެ.