މޫސުން ތަންދޭ ނަމަ އީދު ނަމާދު އޮންނާނީ ބޮޑު ޖަމާއަތުގައި

މިއަހަރުގެ އަޟްހާ އީދު ނަމާދު އޮންނާނީ ބޮޑު ޖަމާއަތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެގޮތުން، މާލެ ސަރަހައްދުގެ ބޮޑު ޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ސްޓޭޑިއަމްގެ އިތުރުން ވިލިމާލެ ބޯޅަދަނޑުގައި އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހުނު ނަމަވެސް، މޫސުން ތަން ނުދޭ ނަމަ ޢީދު ނަމާދުކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް ވެސް ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ބޮޑު ޖަމާއަތަށް ވަޑައިގަންނަވާ އިރު މި ކަންކަަމަށް ސަމާލުކަން ދެއްވުމަށް އެދިފައެވެ.
- ކޮންމެ ބޭފުޅަކު ވެސް ގެއިން ވުޟޫކޮށްގެން އައުން.
- އަމިއްލަ މުސައްލައެއް ގެންނެވުން.
- އަމިއްލަ ފެންފުޅިއެއް ގެންނެވުން.
- ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ގެނައުން ( ދަބަސް/ކޮތަޅު ޕްލާސްޓިކް އެއްޗަކަށް ނުވުން).
މިއަހަރުގެ އީދު ދުވަހަކީ ޖުލައި ނުވައެއްވާ ހޮނިހިރު ދުވަހެވެ.