ޚަބަރު

ކޯލިޝަންތެރޭ ގުރުއަތުލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކު އައްޔަންކުރުމަށް ސައީދު ގޮވާލައިފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ސަރުކާރު ކޯލިޝަންތެރޭ ގުރުއަތުލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ރައީސް މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

Ads by MWSC

ސައީދު މިގޮތަށް ގޮވާލެއްވީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރާ ޓޫރިސްޓު ޕީސީއާރު ޓެސްޓް ނުހެދޭތީ، ނުފުރިގެން ޝަކުވާ ލިބެމުންދާތީއެވެ.

އެކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިސްޓުންނަށް ބޯޑަރު ހުޅުވާލިއިރު އަސާސީ ގިނަ އިންތިޒާމުތައް ހުރީ ހަމަނުޖެހި ކަމަށެވެ.

"ކޯލިޝަންތެރޭ ގުރުއަތުލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކު އައްޔަނު ކުރައްވާ، ރާއްޖޭގެ ހާލަތު މިދަނީ ގޯހުން ގޯހަށް." ސައީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަގާމު ހުސްވެފައިވަނީ ކުރިން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވެމުން އޭނާ މިނިސްޓަރުގެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

އަދި އެ މަގާމު ވަގުތީ ގޮތުން މިހާރު ހަވާލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!