ފުލުހުން ހިމެނޭ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ފުލުހަކު ހިމެނޭ ބަރަހަނާ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުންގެ މުއައްސަސާއިން ބުނެފައިވާ ގޮތުން، ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން، އެ މައްސަލައިގެ ޖިނާއީ ތަހުގީގުގެ އިތުރުން އަހުލާގީ މައްސަލަ ވެސް އެ މުއައްސަސާގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑްއިން ބަލަމުންދާކަމަށެވެ. އަދި އެ ވީޑިއޯގައި ހިމެނޭ ފުލުހުންގެ މުއައްޒަފު، މިވަގުތު ހުރީ، މުސާރަ ނުލިބޭނެގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފައިކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ މީޑިއާ ގުރޫޕުގައި ބުނެފައިވާ ގޮތުން، ފުލުހެއް ހިމެނޭ ބަރަހަނާ ވީޑިއޯގެ ޖިނާއީ ތަހުގީގުތައް ފުރިހަމަ ކުރުމަށް އެ މުއައްސަސާއިންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މި ދުވަސްވަރު ބަދު އަހުލާގީ އަމަލުތައް ހިންގާ މަންޒަރު ހިމެނޭ އެތައް ބައެއްގެ ވީޑިއޯތަކެއް އެބަދައުރު ވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ކަމަށް ތުހުމަތު ކުރެވޭ ބަޔަކުގެ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ.
ފުލުހުންތަ؟ ނޫނީ ފުލުހެއްތަ؟