ޚަބަރު

ސިންގަޕޫރުގެ ޖީއެސްޓީ ބޮޑު ކުރާ ވާހަކަ ނޫސްތަކުން ގެނައީ ހަޤީޤަތް އޮޅޭ ގޮތަށް: އުޝާމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިންގަޕޫރުގެ ޖީއެސްޓީ ބޮޑު ކުރާ ވާހަކަ ނޫސްތަކުން ގެނައީ ހަޤީޤަތް އޮޅޭ ގޮތަށް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެންއެންޕީ)ގެ ނާއިބު ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އުޝާމް މިހެން ވިދާޅުވީ،  ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓަކައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމައިފައިވާ ނިންމުން ދިފާއު ކުރުމުގެ ގޮތުން އިގްތިސާދީ ގޮތުން ވަރުގަދަ ސިންގަޕޫރުން ވެސް ޖީއެސްޓީ ބޮޑު ކުރަން ނިންމައިފައިވާ ނިންމުމާ ގުޅޭ ގޮތުން ޚަބަރުތައް ބައެއް ފަރާތްތަކުން ޝެއަރ ކުރާތީ އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

އުޝާމް ވިދާޅުވީ، ސިންގަޕޫރުގެ ސަރުކާރުން އެ ގައުމުގެ ޖީސްޓީ ބޮޑުކުރުމަށް ނިންމީ ކުއްލިއަކަށް ނޫން ކަމަށާއި އެއީ 2018ގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި މިއަދު އެ ވާހަކަ އެކަމުގެ ހަގީގަތް އޮޅޭގޮތަށް ރާއްޖޭގެ ގިނަ ނޫސްތަކުގައި މިއަދު ލިޔާ ސަބަބު ގިނަ ދިވެހިންނަށް އެނގޭނެކަމަށް ވިދާޅުވިއެވެ.

ޖީއެސްޓީގެ ޚަބަރު ނޫސްތަކުން ގެނައީ އެ ޤައުމުގެ ޑެޕިއުޓީ ބޮޑު ވަޒީރު ދާދި ފަހުން އެ ޤައުމުގެ މަޖިލިސްގައި، ޖީއެސްޓީ ބޮޑު ކުރަން ފަސް ނުކުރެވޭނެ ކަމަށް ވިދާޅުވުމުންނެވެ.

އުޝާމް އިތުރަށް ވިދާޅުވީ، ބޭކާރު ހަރަދުތައް ކުރުމަށް މިސަރުކާރުން ޖީއެސްޓީ އިތުރުކުރަން ނިންމި ނިންމުމަށް ތާއީދެއް ނެތް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!