އީދު މަޖާ ހޭޝްޓެގް ބޭނުންކޮށްގެން ފޯނެއް ހޯދުމުގެ ފުރުސަތު

މި އަހަރުގެ ބޮޑު އީދުގެ އުފާވެރި ވަގުތުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އުރީދޫން ފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އެ ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 21އެއް ލިބެއެވެ.
އުރީދޫ ޓެގުކުރުމަށް ފަހު EidMajaa# ބޭނުންކޮށްގެން ފޮޓޯ ހިއްސާ ކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. އަދި ހިއްސާކުރާ އެކައުންޓްތައް ޕަބްލިކްކޮށް ބެހެއްޓުމަށް އުރީދޫން އެދުނެވެ.
ފޭސްބުކް، ޓްވިޓާ ނުވަތަ އިންސްޓަގްރާމުގައި އީދު މަޖާ ހިއްސާކުރެވޭ އެ ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 21ވަނަ ދުވަހުގެ ރޭ 12:00އެވެ.
އީދާ ދިމާކޮށް އުރީދޫން ހާއްސަ ޑޭޓާ ޕެކޭޖެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. އެ ޕެކޭޖުގައި 100 ރުފިޔާއަށް 100 ޖީބީ ޑޭޓާ ތިން ދުވަހަށް ލިބެއެވެ.