ޚަބަރު

މުޙައްމަދު އިސްމާޢީލް ބަންދުކޮށްފައި ބަހައްޓަނީ އިދިކޮޅުގެ އަޑު ކަނޑުވައިލާން: އާދަމް ޝަރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ޔޯގާ ހަރަކާތަށް ހުރަސް އެޅި މައްސަލައިގައި ބަންދުކޮށްފައިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތްތަކުގެ ލީޑަރު މުޙައްމަދު އިސްމާއީލް ބަންދުކޮށްފައި ބަހައްޓަނީ އިދިކޮޅުުގެ އަޑު ކަޑުވާލަން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާދަމް ޝަރީފް އުމަރު މިފަދައިން ވިދާޅުވީ، ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މުޙައްމަދު އިސްމާއީލް ހައްޔަރުކުރި ނަމަވެސް މުހައްމަދު އިސްމާއީލާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާގެ ޤާނޫނީ ވަކީލު ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ، ބަންދުކޮށްފައި ބެހެއްޓިޔަސް، އިދިކޮޅުގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށެވެ.

"ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތްތަކުގެ ލީޑަރު ބަންދުގައި ބަހައްޓަނީ އެއްވެސް ހެއްކެއް ނުދެއްކޭއިރު މިހާ ގިނަ ދުވަހު ބަންދުގައި ބަހައްޓަނީ އޮޕޮޒިޝަންގެ އަޑު ކަޑުވާލަން. އެކަމެއް ނުކުރެވޭނެ. މުޙައްމަދު އިސްމާއީލް ވަގުތުން ދޫކޮށްލުމަށް ގޮވާލަން" އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ހުސެއިން އިސްމާއީލްގެ ވަކީލު ރޭ ވިދާޅުވީ މުހައްމަދު އިސްމާއީލާ ދެކޮޅަށް ހުރި ހެކިތަކަކީ އޭނާ ދިރިއުޅޭ ގޭގެ ކުރިމަތީގައި ސިނގިރެޓެއް ބޯން ހުއްޓައި ނަގާފައިވާ ފޮޓޯ އަކާއި އެވަގުތު މަގުމަތިން ދިޔަ ބަޔަކު މުހައްމަދު އިސްމާއީލަށް ގޮވައި ސަލާން ކުރުން ކަމަށެވެ. ނަމަވެސް އެއީ ކުށެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

  1. ދިވެހި ޒުވާނުން

    އޭނާ ކަހަލަ އެހެން މީހުންނެތީ ކީތްވެ

  2. ޚަބަރު

    ސުރުޚީގައި މި އޮތީ ކޮން އިސްމާއީލް މުހައްމަދެއްގެ ވާހަކައެއްބާ؟ ޚަބަރުގައި އޮތީ މުހައްމަދު އިސްމާއީލްގެ ވާހަކަ. ލިޔެވޭ ނުލިޔެވޭ އެއްޗެއްވެސް ނޭނގޭ މީހުން ނޫސްވެރިންނޭ ކިޔައިގެން މި އުޅެނީ.