ޚަބަރު

މާލެއިން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިިފިއެވެ.

Ads by Hajj Corporation

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ހޯދަމުން ދަނީ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓް ކުރީ މި މަހުގެ 10ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

އެ ކުއްޖާގެ އާއިލާ މެންބަރު ބުނީ އޭނާ އެންމެ ފަހުން ފެނިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ މެންދަމު 2:30ގައި ކަމަށާ އޭރު ލައިގެން ހުރީ ނޫ ކުލައިގެ ޖިންސަކާއި ކަޅު ކުލައިގެ ޓޮޕެއް ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ އައިމިނަތު ޒަރާ ރިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ.

Ads by HDC
  1. ހދހސ

    ބިޓު ކައިރިއަށް ދިޔާއި