ލަންކާގެ ދާޚިލީ މައްސަލަތުގެ މެދަށް ދިވެހި ދައުލަތުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޢަލީ ޙުސައިން
ސްރީލަންކާގެ ދާޚިލީ މައްސަލަތުގެ މެދަށް ދިވެހި ދައުލަތުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގެންނެވި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ގޮޓަބަޔަ ރާޖަޕަކްސަ އޭނާގެ އަނބިކަނބަލުންނާއެކު ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގަތުމަށް އެހީތެރިވެދެއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ޢަލީ ޙުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާގައި ތިބި އެތަކެއް ހާސް ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަަމަށް އެއްވެސް ބެލުމެއްނެތި ލަންކާގެ ދާޚިލީ މައްސަލަތުގެ މެދަށް ދިވެހި ދައުލަތުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.
ގޮޓަބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ރައީސް ނަޝީދު އަދި އެއްޗެއް ވިދާޅެއްނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ވެސް ވަކި އެއްޗެއް ނުބުނެއެވެ.
ގާނޫނީ ވަކީލަކަށްވެ ހުރެ އަލީ ތިދައްކަނީ ކޮންވާހަކައެއް. ގައުމެއްގެ ރައީސެއް ރާއްޖެ ނޭރުވޭނު ގާނޫނީ އަދި ބަައިނަލްއަގުވާ ހަމައެއް ނެތްކަން އަލީ އަށް ރަގަޅަށް އެގޭނެއެވެ.