ދުނިޔެ

ޕާކިސްތާނުގެ ސައިބާ ހަމަލާތައް އިންޑިއާގެ އަސްކަރީ އޮފިސަރުންގެ ވަޓްސްއެޕަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުން އިންޑިއާ ސިފައިންގެ އޮފިސަރުންނަށް އަމާޒުކޮށް އެއީ ސައިބަރ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ އިންޓެލިޖެންސް އެޖްސީން، ބުނާ ގޮތުގައި ޝައްކުކުރެވޭ މެލްވޭއާއެއް، އިންޑިއާގެ ސިފައިންގެ އޮފިސަރުންނަށް ވަޓްސްއެޕް މެސެޖެއްގެ ގޮތުގައި ފޮނުވަމުންދާ ކަމަށެވެ.

އެ މެލްވެއާ ފޮނުވަމުންދަނީ ވަޒީފާގެ ފުރުސަތެއް އޮތް ކަމަށް ބުނެއެވެ. މިގޮތުން އަސްކަރިއްޔާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޑީއާރުޑީއޯ)ގެ ޗީފް ސެކިއުރިޓީ އޮފިސަރެއްގެ މަޤާމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކަށް ފޯމެއް ފޮނުވައެވެ. އެ ފޯމް ހުޅުވުމުން ފޯނު އިންފެކްޓްވެއެވެ.

މި މެލްވެއާ އިތުރަށް ފެތުރުމަށް، މި މަޤާމަށް ޝަރުތު ހަމަވާ ގިނަ ފަރާތްތަކަށް މެސެޖު ފޮނުވުމަށް ބާރުއަޅައެވެ.

ޕާކިސްތާނުން ވަނީ މީގެ ކުރިން ވެސް ޖާޖޫސް ކުރުމަށް އިންޑިއާގެ އަސްކަރީ ފަރާތްތަކުގެ ފޯނުތައް ހެކްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!