ޚަބަރު

އަދާލަތު ޕާޓީ ރާއްޖޭގައި ނެތަސް، އިސްލާމްދީން ދެމި އޮންނާނެ: ރާއީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަދާލަތު ޕާޓީ ދިވެހި ރައްޖޭގައި އުފެދިގެން އައީ ފަނޑުވަމުންދިޔަ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކަމުގާ ކަމަށް އެ ޕާޓީގެ ރައީސް، އިމްރާން އަބްދުﷲ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްމަބަރު މުހައްމަދު ރާއީ ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއީ މިއަދު ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރާއީ ވިދާޅުވީ، އަދާލަތު ޕާޓީ ރާއްޖޭގައި އޮތްކަމުގައި ވީނަމަވެސް އަދި ނެތްކަމުގައި ވީނަމަވެސް ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ފަނޑުވެގެން ނުދާނެކަމަށެވެ.

"ތިޔަ ޕާޓީ ވުޖޫދުގައި ނެތް ކަމުގައިވިޔަސް އިސްލާމްދީން ދެމި އޮންނާނެ" އިމްރާނަށް ވަކިން ފާޑު ވިދާޅުވަމުން ރާއީ ވިދާޅުވީ، މާޒީން ހެކިވަނީ އަދާލަތުން މަސައްކަތް ކުރަނީ ސިޔާސީ ފައިދާއަށް ކަމަށެވެ

"ސިޔާސީ މަސައްކަތްކޮށް ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް، ތި ޕާޓީގައިވެސް، ތި ޕާޓީގެ ލީޑަރު ހުދު މަނިކުފާނުގެވެސް ނެތެވެ، މަނިކުފާނުގެ މާޒީ އެކަންކަމަށް ހެކިވެރިވާނެއެވެ،"

ރާއީ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ ކަމަށާއި ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ވެސް އެއީ ކަމަށެވެ.

Ads by HDC
  1. ސަޚަ

    ކަލެއަށް ދޯ އިންގޭނީ
    މިހާރުވެސް ކިރިޔާ މި އޮތީ އިސްލާމްދީން މި ރާއްޖޭގައި

  2. ބާލައާދަނު

    އެމްޑީޕީ ނެތަސް ޑިމޮކްރަސީ ވެސް މިރާއްޖޭގަ އޮންނާނެ