ޚަބަރު

ކޮވިޑް-19: ނަތީޖާތައް ނައްސިވުމުން، އުނގޫފާރު އާއްމު ހާލަތަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރ. އުނގޫފާރުން ނެގި ހުރިހާ ސާމްޕަލެއް ނައްސިވުމުން، ރަށް އާއްމު ހާލަތަށް ގެނެސްފިއެވެ.

Ads by Sosun Fihaara

އެރަށް އިއްޔެ މޮނީޓަރިންގެ ހާލަތަށްލީ، އުނގޫފާރު ރީޖަނަލް ހޮޮސްޕިޓަލުން މާލެ ފޮނުވި ބަލިމީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެންނެވެ.

އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެމުން އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހިމް ޒަޔަން ވިދާޅުވެފައިވަނީ އިއްޔެ ފައްސިވީ ކޭސް އާއި ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ނައްސި ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށާއި، އެއާއެކު ރަށް މޮނީޓަރިންގެ ހާލަތުން މިހާރު ނަގާފައިވާ ކަމަށެވެ.

"އެކޭސް އާއި ގުޅިގެން ނެގި ފަސް ސާމްޕަލް ވެސް ވަނީ ކޮވިޑަށް ނައްސިވެފަ" ޒަޔަން ވިދާޅުވެފައިވެއެވެ.

އެކޭސް އާއި ގުޅިގެން އުނގޫފާރުން ނަގާފައިވަނީ ދެ ޑޮކްޓަރަކާއި، ނަރުހެއްގެ އިތުރުން އިއްޔެ ފައްސިވީ މީހާގެ ދަރިފުޅާއި އެހޮސްޕިޓަލުގައި އޮތް އެހެން ބަލިމީހެއްގެ ސާމްޕަލެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!