ޚަބަރު އިޖުތިމާޢީ

ދިޔަވަމުންދިޔަ ލޯންޗަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މޫސުން ގޯސްވުމާ ގުޅިގެން ދިޔަވަމުންދިޔަ ލޯންޗަކަށް އެމްްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by STELCO

އެ ލޯންޗަކީ ލ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ "ދިރުން" ނަމަކަށް ކިޔާ ލޯންޗެވެ. ލޯންޗު ދިޔަވާން ފެށީ ވ.އަލިމަތާއާ ހިސާބުގައި އޮއްވައި މޫސުން ގޯސްވުމާ ގުޅިގެންނެވެ.

ލޯންޗު ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ރޭ 19:50 ހާއިރުއެވެ. އެ ގޮތުން ކޯސްޓްގާޑު ނޫރައްދީން ލޯންޗު އެ ސަރަހައްދަށް ދަތުރުކުރަމުން ދަނިކޮށް ރޭ 20:30 ހާއިރު އެ ލޯންޗު ވަނީ ކ.ގުރައިދޫ ފަޅަށް ވަދެ ދިޔަގަނޑު ކޮންޓްރޯލްކޮށްފައެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި އެ ލޯންޗު އަލުން މާލެ ދިއުމަށް ދަތުރު ކުރަމުންދިޔައިރު ނޫރައްދީނު ލޯންޗުން ވަނީ އެ ލޯންޗު މާލޭ ފަޅަށް ވަންނަންދެން އެ އުޅަނދާ އެއްވަރަށް ދަތުރުކޮށްފައެވެ. އެ އުޅަނދަށް މާލޭ ފަޅަށް ވަދެވިފައިވަނީ ރޭ 21:30 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!