ޖަޕާނުގެ ކުރީގެ ބޮޑުވަޒީރުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ޖުލައި މަހުގެ 8 ވަނަ ދުވަހު ހިނގި ހާދިސާއެއްގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.
ރައީސް ޞާލިޙް މިއަދު ވަނީ ޝިންޒޯ އަބޭގެ ހަނދާނުގައި ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައި ހުޅުވާފައިވާ މި ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައިފައެވެ.
އެ ދަފްތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި ވިދާޅުވީ ޝިންޒޯ އަބޭއަކީ ޖަޕާނުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއް ކަމަށެވެ.
އޭގެ އިތުރުން ޝިންޒޯ އަބޭ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވިކަން ވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ޝިންޒޯ އަބޭގެ ހަނދާންތައް ރާއްޖޭގެ ރައްޔިތުން އަބަދުވެސް އާކުރާނެ ކަމުގައެވެ.