Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދުންފަތް ވިއްކަނީ ގަވައިދުގެ ތެރެއިންތޯ ބެލުމަށް އިންސްޕެކްޝަނެއް ފަށައިފި

ދުންފަތް ވިއްކަނީ ގަވައިދުގެ ތެރެއިންތޯ ބެލުމަށް އިންސްޕެކްޝަނެއް ފަށައިފި
މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭތަކުގައި ދުންފަތް ވިއްކަނީ ގަވައިދުގެ ތެރެއިންތޯ ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާއްސަ އިންސްޕެކްޝަނެއް ފަށައިފިއެވެ. އެޗްޕީއޭއިން މިއަދު ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް، ކެފޭ ތަކާއި ފިހާރަތައް ހިންގާ ފަރާތްތައް އަހުލުވެރިކުރުމަށް ޚާއްސަ އިންސްޕެކްޝަނެއް މިއަދުން ފެށިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ. މި އިންސްޕެކްޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ހުރި ކަންކަން ދެނެގަނެ، މައުލޫމާތު ދީ، އިސްލާހު ކުރަމުން ގެންދާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ. އެޗްޕީއޭގެ އިތުރުން ކަމާ ގުޅުން ހުރި ދައުލަތުގެ އެހެން ބައެއް އިދާރާތައް ވެސް މި އިންސްޕެކްޝަންގައި ބައިވެރިވެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ވަނީ ދުންފަތުގެ އިންތިއުމާލުކުރުން މަނާ ތަންތަން ކަނޑައަޅައި ޖޫރިމަނާއެއް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރަމުން ދަނީ އިންޒާރުގެ ބޯޑުތައް ހަރުކޮށްފައި ހުރިނަމަވެސް އެކަމަކަށް އަމަލެއް ނުކުރެ އެވެ.

އެ ގަވާއިދުގައި ވަކިން ސިނގިރޭޓް ވިއްކުން މަނާކޮށްފައި އޮތް އޮތް ނަމަވެސް، ގަވައިދު 12 އަހަރު ވެފައިވާއިރު އަދިވެސް އަންނަނީ ވަކިން ސިގިރޭޓު ވިއްކަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް