ދުނިޔެ

މެދުއިރުމަތީގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތް ބާނާ: ޗައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެދުއިރުމަތީގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބާނަމުން އަންނަ ކަމަށް ޗައިނާއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ދާދިފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދުއިރުމައްޗަށް ކުރެއްވި ދަތުރަށް އިޝާރާތް ކުރައްވަމުން ޗައިނާގެ ފޮރިން މިނިސްޓަރު ވެންޔީ ވިދާޅުވީ، އެމެރިކާއިން އެމީހުންގެ ގޮތްތައް އެހެން ޤައުމުތަކުގައި ފަތުރަން މަސައްކަތް ކުރާ ކަމަށެވެ.

ސީރިއާގެ ރައީސާއެކު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ އަމިއްލަ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް މެދުރިއުމަތީގެ ޤައުމުތައް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ވަންގް ޔީ ވަނީ މެދުއިރުމަތީގެ ގައުމުތަކުގެ ގައުމީ އިސްތިގުލާލަށް އިހްތިރާމް ކުރުމަށް އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ، މެދުއިރުމައްޗަށް ހަމަޖެހުން އަންނާނީ، އެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތައް އަޑުއަހައިގެން ކަމަށެވެ. އަދި ސުލްހައާއި ތަރައްގީއަށް އިތުރަށް ޙިއްޞާ ކުރަންޖެހޭ ކަމަށާއި ސީރިއާގެ އިސްތިޤްލާލާ މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަމާއި ޤައުމީ ކަރާމާތް ރައްކާތެރިކުރުމުގައި ޗައިނާއިން އެހީތެރިވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ބައިނަލްއަގްވާމީ މުޖުތަމައުން ސީރިއާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ. އަދި ޗައިނާއިން މެދުއިރުމަތީގެ ރައްޔިތުންނަށް މިނިވަންކަމާއެކު ތަރައްގީގެ މަގު ހޯދައި އެއްބައިވަންތަކަމާއި އަމިއްލައަށް ރަނގަޅުކުރުމުގެ ތެރެއިން ސަރަހައްދީ ސަލާމަތީ މައްސަލަތައް ހައްލުކުރުމުގައި ވަރުގަދައަށް ތާއީދުކުރާ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!