ދުނިޔެ

ޗައިނާގައި ކޮވިޑް-19 ޖެހިފައި ތިބި މީހުން ކަރަންޓީން ކުރަން ދޮރު ވައްޓާލާ ގޭގެއަށް ވަންނަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި އަމަލު ކުރަމުން އަންނަ ކޮވިޑް-19 ހަރުކަށި ސިޔާސަތުތަކުގެ ތެރެއިން، މި ބަލި ޖެހިފައިވާ މީހުން ފިލައިގެން ތިބޭތޯ ބެލުމަށް މީހުން އުޅޭ ގޭގެއަށް އޮފިޝަލުން ދާން ފަށައިފިއެވެ.

Ads by WAMCO

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިގޮތަށް ގުއަންޒޯ ސިޓީގެ ލިވާން ޑިސްޓްރިކްޓްގައި ހުންނަ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގެ 84 ގެއަށް މިހާތަނަށް ވަދެފައިވާ ކަމަށެވެ. މިގޮތަށް އަމަލުކޮށްފައިވަނީ އެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ނުވެ، ފެތުރޭތީ، ބަލި ޖެހިފައި ތިބި މީހުން ދެނެގަތުމަށް ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

ޗައިނާގައި އަދި ވެސް އަމަލު ކުރަމުން އަންނަނީ ޒީރޯ ކޮވިޑް-19 ސިޔާސަތެވެ. އެހެންވެ، އެ ޤައުމުގައި އަދި ވެސް ގިނަ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ލިވާން ޑިސްޓްރިކްޓްގެ ސަރުކާރުން ވަނީ މިކަމަށް މައާފަށް އެދިފައެވެ. އަދި ދަޅު ހަލާކުކޮށްގެންނާއި ދޮރު ވައްޓާލައިގެން ގޭގެއަށް ވަނުން ކުށްވެރިކޮށް އެގޮތަށް އަމަލު ކުރި މީހުން ހޯދާ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިގޮތަށް ކަންތައްވި ގެތަށް ހޯދާ ބަަދަލު ވަނީ ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!