ޚަބަރު

އެއް މަސް ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު ޝެއިޚް ފަޒްލޫން ދޫކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ދޫކޮށްލައިފިއެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުގައެވެ.

Ads by STELCO

ޝެއިޚް ދޫކޮށްލާފައިވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ކްރިމިނަލް ކޯޓުންނެވެ.

ފަޒްލޫން ދޫކޮށްލުމަށް ކުރި އަމުރުގައި ޝަރުތުކޮށްފައި ވަނީ، މާލެއިން ބޭރަށް ދާނަމަ އަދި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެކަން އެނގުމަށާއި އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށް އަދި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށެވެ.

އެ މައްސަލައިގައި ޝެއިޚް ފަޒްލޫންގެ އިތުރުން ޝެއިޚް އާދަމް ނިޝާން ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ނިޝާންގެ ބަންދަށް 16 ދުވަސް އިތުރުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!