ތާއީދު ހޯދުމުގެ ބޭނުމުގައި ޙައްޤު ގޮތް ދޫކޮށްލައިފިއްޔާ ދެ މީދާ ފަހާ ދުވި ބުޅަލަށްވީވަރުވެސް ނުވާނެ: އިޔާޟް

ތާއީދު ހޯދުމުގެ ބޭނުމުގައި ޙައްޤު ގޮތް ދޫކޮށްލައިފިއްޔާ ދެ މީދާ ފަހާ ދުވި ބުޅަލަށްވީވަރު ވެސް ނުވާނެކަމަށް ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޟް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތާއީދު ހޯދަންވާނީ ޙައްޤު ގޮތުގައި ހުރެގެން ކަމަށާއި, ތާއީދު ހޯދުމުގެ ބޭނުމުގައި ޙައްޤު ގޮތް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
ޑރ.އިޔާޟް ވިދާޅުވީ އެހެންނޫންނަމަ ދެ މީދާ ފަހާ ދުވި ބުޅަލަށްވީވަރު ވެސް ނުވާނެ ކަމަށެވެ.
މިއީ ވަކި ކޮން ބޭފުޅަކަށް ޢިޝާރަތް ކުރައްވާފައިވާ ޓުވީޓެއްކަމެއް މުޅިއެކުން ސާފެއް ނޫނެވެ.
ރާއްޖެ ފަސާދަވެފައިވާ މިންވަރަކީ މިއަދު މީހުން ދިރިއުޅޭ ރައްތަކުގައި ބޭރުގެ ދޮންމީހުން އެއުޅެނީ ހަމައެއްލަމައެއްނެތި ބިކިނީ ލައިގެން މަގުމަތީގައި !
ރާއްޖެމީހުންގެ ލަދުހަޔާތް ނެއްވަރީ ހޯމް ސްޓޭ އާއި ގެސްޓް ހައުސް ވިޔަފާރިޔޭ ކިޔާއިގެން ބިކިނީ ލައިގެން ތިބޭ ދޮންމީހުނގެނެސް މީހުން ދިރިއުޅޭ ރައްތަކަށް ގެނެސް މަގުމަތީގަޔާއި އަންމުތަން ތަނުގައި ބިކިނީގައި އުޅެން ދަސްކޮށްދީ ދިވެހިން ގެ ހަޔާތްވެސް ކަޑުވާލަނީ !
އިޔާޒުއަކީ އޭގެ ފުރިހަމަ މިސާލެއް. ދެމީދާ ފެހި ބުޅަލަށް ވީވަރުވެފަ އެހެރީ