ޚަބަރު ސިޔާސީ

ސިޔާސީ ރޭހުގައި ދުރުރާސްތާ ކާމިޔާބެއް ހޯދޭނީ އަމިއްލަ މަސްލަހަތަށްވުރެ, ދީން އިސްކޮށްގެން: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝެއިޚް އިމްރާން، ރައީސް ޞާލިޙާއެކު

ސިޔާސީ ރޭހުގައި ދުރުރާސްތާ ކާމިޔާބެއް ހޯދޭނީ ދީނާއި ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާ މީހަކަށް ނުވަތަ ބަޔަކަށްކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

އަރައިގެން އައި އިރާއެކު އިމްރާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސިޔާސީ ރޭހުގައި ދުރުރާސްތާ ކާމިޔާބެއް ހޯދޭނީ އަމިއްލަ މަސްލަހަތަށްވުރެ, ދީނާއި, ޤައުމާއި, ރައްޔިތުންގެ މަސްލަހަތު އިސްކުރާ މީހަކަށް ނުވަތަ ބަޔަކަށް ކަމަށެވެ.

އޭގެ އިތުރުން އެއްޗެއް ވިދާޅެއްނުވެއެވެ. ފަހަކަށް އައިސް އިމްރާން ގެންދަވަނީ ދީނާ ގުޅުވައި މިފަދަ ޓުވީޓުތައް ކުރައްވަމުންނެވެ. އެހެންކަމުން އޭނާއަށް ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

ދާދިފަހުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޢަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި, އެ ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައި ކަމަށެވެ. އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނެތް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!