ޚަބަރު ދީން

ފާހިޝް ކަންކަން އާންމުވުމަށް ދޫކުރާނަމަ ގަދަފަދަ އަޒާބެއް އަތުވެދާނެ: ޝައިޚް ފަޟްލޫން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައްޝައިޚް ފަޟްލޫން މުޙައްމަދު

ﷲ ގެ ޙުކުމް ދޫކޮށް, ފާހިޝް ކަންކަން އާންމުވުމަށް ދޫކުރާނަމަ ގަދަފަދަ އަޒާބެއް އަތުވެދާނެކަމަށް ޝައިޚް ފަޟްލޫން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެއް ޖިންސުން ގުޅުން ހިންގާ މައްސަލަތައް ބޮޑުވެފައިވަނިކޮށް ޝައިޚް ފަޟްލޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޝައިޚް ފަޟްލޫންގެ ޓުވީޓުގައި ވިދާޅުވީ ﷲ ގެ ޙުކުމް ދޫކޮށް ފާޙިޝް ކަންކަން އާންމުވުމަށް ދޫކުރާނަމަ ﷲ ގެ ގަދަފަދަ އަޒާބެއް އަތުވެދާނެ ކަމަށެވެ. އަދި ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަން ނަހީކުރުމުގެ މަތީގައި ތިބުމަށް އެންމެހާ މުސްލިމުންނަށް ވަސިއްޔަތްކުރާކަމަށް ޝައިޚް ފަޟްލޫން ވިދާޅުވިއެވެ.

ޝައިޚް ފަޟްލޫނަކީ, ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑު އުފުއްލެވި ބޭފުޅެކެވެ. ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމުގެތެރޭ ހިމެނޭ ކަމެކެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ޝައިޚް ފަޟްލޫން ހައްޔަރު ވެސް ކުރިއެވެ. ޝައިޚް ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!