ތާލިބާނުންގެ ސަރުކާރާ ދެކޮޅަށް ދޮގު މައުލޫމާތު ފަތުރާނަމަ ހަރުކަށި ފިޔަވަޅު އަޅަނީ
އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންގެ ސަރުކާރާ ދެކޮޅަށް ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ދީފިއެވެ.
ތާލިބާނުންގެ ތަރުޖަމާނު ޒަބިއުالله މުޖާހިދު ޝާއިއުކުރި އައު ގަވާއިދުގައިވާ ގޮތުން އެމީހުންގެ ލީޑަރު މުލާ ޙަބަތުالله އަޚުންޒާދާއަށް ނިސްބަތްކޮށްށާއި ސަރުކާރާއި ސަރުކާރުގެ އޮފިޝަލުންނަށް ނިސްބަތްކޮށް ދޮގު މައުލޫމާތު ފެތުރުމަކީ ޤާނޫނީ ކުށެކެވެ.
މިކަން ތަންފީޒުކުރުމަށް ކިޔާފައިވަނީ ރައްޔިތުންނާއި މީޑިއާގެ ޝަރީއާގެ ޒިންމާ ކަމަށް ވޮއިސް އޮފް އެމެރިކާ (ވީއޯއޭ) އިން ބުނެއެވެ.
މީގެ ކުރިންވެސް ތާލިބާނުންވަނީ އެ މީހުންގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ފަރާތްތައް ދެނެގަނެ، އަދަބު ދީފައެވެ. މިގޮތުން މީސްމީޑިއާގައްޔާއި ޓީވީގައި ސަރުކާރާ ދެކޮޅަށް ކޮމެންޓް ކުރާ ފަރާތްތައް ހައްޔަރު ކުރެއެވެ. ތަންފީޒް ކުރެވޭ އާ ޤަވާއިދާއެކު، ޤާނޫނުގެ ތެރެއިން މިފަދަ ފަރާތްތަކަށް އަބަދު ދެވޭނެއެވެ.
އަލަށް އަމަލު ކުރަން ފަށާ މި ޤާވާއިދުގައި، ދޮގު މައުލޫމާތަކީ ކޮބައިކަން ސާފުކޮށްފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މިއީ ތާލިބާނުންގެ ހަރުކަށި އަމަލުތައް މީޑިއާއަށް ފެންމަތި ކުރާތީ އަޑު ކަނޑުވާލަން ކުރި ކަމެކެވެ.