އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ވޯޓުލީ މީހުން މަދުވުމުން އިލެކްޝަން ކޮމިޝަން (އީސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ބޭއްވީ އިއްޔެގައެވެ.
އެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 12,000 އެއްހައި މީހުން ތިބިއިރު ނަމަވެސް ވޯޓު ލީ 1,000 އެއްހައި މީހުންނެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %8.34 އެވެ.
އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ 12,099 މީހުންގެ ތެރެއިން 1,009 މީހުން ވޯޓު ލާން އެތައް ލައްކަ ރުފިޔާއެއް ޚަރަދުކުރުމަށްވުރެ ބޮޑު އިސްރާފެއް ނެތް ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ގެންނަން އެބަޖެހޭކަމަށް ޙަބީބު ވިދާޅުވިއެވެ.
މިހާރަށް މަޢުލޫމާތު ދެއްވަމުން ޙަބީބު ވިދާޅުވި ގޮތުގައި އެ އިންތިޚާބުގެ ޓާންއައުޓު %8 ގައި ހުރި ނަމަވެސް ޖުމްލަ 800,000 ރުފިޔާ ޚަރަދުވިއެވެ.
ޙަބީބު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންތައް އެ ރަށެއްގެ ކައުންސިލުން ބޭއްވުން ކަމަށެވެ. އޭގެ އިތުރުން ޤާނޫނު އިސްލާހުކޮށްގެން ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު އެއްފަހަރާ ބާއްވަން ފެންނަ ކަމަށެވެ.
ތިކަމުން ދޭޙަވަނީ ތިނިޒަާމް ރައްޔިތުން ބަލަާ ނުގަންކަން
ކަމެއްކުރީމޭ ބުނަންވެގެން ތިކަމެއްކުރީ ބޭކާރުލާރިތަކެއް ދުއްވާލަނީ ތިކޮމެޓީތަކަކީ ރައްޔިތުން ބަލައިގަންނަ ބައެއްނޫން އަދި ވޯޓްލައިގެން ހޮވާތީ އެމީހުން ތިބީއާސްމާނުގަ