ޚަބަރު ސިޔާސީ

ޤައުމު ރަނގަޅުވާނީ ރައީސް ރަނގަޅުވެގެން: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝެއިޚް އިމްރާން، ރައީސް ޞާލިޙާއެކު

ޤައުމު ރަނގަޅުވާނީ ރައީސްއަކަށް ހުންނަވާ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅަކަށްވެގެންކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމްރާން މިހެން ވިދާޅުވީ ރޭ ދަންވަރު ކުރެއްވި ޓުވީޓެއްގައެވެ.

އިމްރާން ވިދާޅުވީ ރައީސްއަކަށް ހުންނަވާ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅަކަށްވިޔަސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވެގެން މެނުވީ ޤައުމު ރަނގަޅު ނުކުރެވޭނެ ކަމަށެވެ. ހަމައެހެންމެ ސަރުކާރުގަ ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވިޔަސް ރައީސް ރަނގަޅުވެގެން މެނުވީ ޤައުމު ރަނގަޅު ނުވާނެކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

ފަހަކަށް އައިސް އިމްރާން ގެންދަވަނީ ކޮންމެ ދުވަހަކުހެން ޓްވީޓުކުރައްވަމުންނެވެ. އެ ގޮތުން ފާޑުކިޔުން ވެސް އޭނާއަށް އަމާޒުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!