ޚަބަރު

ހުޅުމާލެ ހޮސްޕިޓަލު ލިފްޓު ތެރެއަށް މާބަނޑު މީހަކު ވިހެއި މައްސަލަ ބަލަނީ

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ހުޅުމާލެ ހޮސްޕިޓަލު/ ފޮޓޯ: އަވަސް

ހުޅުމާލޭ ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު މީހަކު، ވިއްސާ ކޮޓަރިއަށް ގެންދިއުމަށް ލިފްޓަަށް އެރި ވަގުތު، ލިފްޓު ތެރެއަށް ވިހެއި މައްސަލަ އެ ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށް ބުނެފިއެވެ.

Ads by MWSC

ދަރިފުޅުގެ ހާޓް ބީޓް ނުލިބިގެން ވިއްސާ ކޮޓަރިއަށް ގެންދަން ލިފްޓަށް އެރުވި ވަގުތު މާބަނޑު މީހާ ވިހެއި ދަރިފުޅު ވަނީ ނިޔާވެފައެވެ. މިކަމުގައި އާއިލާއިން ވަނީ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ކޮލިޓީ އިންޝުއަރެންސް ޑިޕާޓްމެންޓުން މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އަދި، މިކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ބަލި މީހުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޕޭޝަންޓް ކެއާ ރަނގަޅު ކުރަން ޖެހޭ ކަމަށް ފެންނަނަމަ އެ ކަމެއް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އާއިލާއިން ބައެއް ނޫސްތަކަށް ބުނެފައިވާ ގޮތުގައި މާބަނޑު މީހާއަކީ ހައި ރިސްކު މީހެއް ކަމަށެވެ. އެގޮތުން ލޭގެ ޕްރެޝަރު މަތިވާ މީހެއް ނަމަވެސް، ލޭގެ ޕްރެޝަރަށް އަންނަ ބަދަލެއްގެ ސަބަބުން ބަނޑުގައިވާ ދަރިފުޅާއި މައިމީހާގެ ފުރާނައަށް ގެއްލުން ވެދާނެ ފަދަ އެއްވެސް ވާހަކައެއް އެ ހޮސްޕިޓަލުން ކިޔައިދީފައި ނުވާ ކަމަށް ބުނެފައިވެއެވެ.

Ads by Allied Insurance
  1. ލަކުޑިކަޅޭ

    މީގެފަހުން މީގެފަހުން ލިފުޓައްއަރާކޮންމެ މާބަނޑުއަންހެނަކާއެކީނަރުހެއްތަކެއްޗާއެކުއަރާގޮތައްދިިވެހިސަރުކާރުންހަމަޖައްސަންވެއްޖެ