ޚަބަރު ސިޔާސީ

ޢަދާލަތުގެ ރައީސްކަމުންނާއި މިނިސްޓަރުކަމުން އިމްރާން ދުރުކުރަންޖެހޭ: ޝުޖާއު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނިސްޓަރު އިމްރާން ޢަބްދުﷲ އަދި އިބްރާހިމް ޝުޖާއު

ޢަދާލަތު ޕާޓީގެ ރައީސްކަމުންނާއި ހޯމް މިނިސްޓަރުކަމުން އިމްރާން ޢަބްދުﷲ ދުރުކުރަންޖެހޭކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝުޖާއު މިއަދު ވިދާޅުވީ މުޅި ޤަައުމުގައި ލިވާތު އާންމުވެފައިވާ މި ދަނޑިވަޅުގައި ދީން ހިމާޔަތްކުރަން އުފެއްދި ޕާޓީގެ ރައީސް ‎އިމްރާން, ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެ މައްސަލަ ބެލުމަށް ވަނީ ނުކުޅެދިފަ ކަމަށެވެ. އެހެންކަމުން އިމްރާން މަޤާމުން ވަކިކުރަންޖެހޭ ކަމަށާއި ޕާޓީގެ ރައީސްކަމުން ވެސް ވަކިކުރަންޖެހޭކަމަށް ޝުޖާއު ވިދާޅުވިއެވެ.

''މިފަދަ ނުބައި ފާހިޝް އަމަލެއް އާންމުވެފައިވާ މި ދަނޑިވަޅުގައި މިކަމުގައި ބައިވެެރިވި އެންމެން ހާމަ ނުކުރުމަކީ އިމްރާން ޒިންމާވާންޖެހޭނެ ކަމެއް.''

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ މީހަކު ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ ގޮތުން ބައެއް ފަރާތްތަކުން އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެނުނު ނަމަވެސް އެ މީހުންނާމެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

Ads by Ooredoo
  1. ހަސަން

    މީ ކޮސް ގޮވާ ސޮރެއް

    • ޓަކިބެ

      ކޮންމެ މީހަކުވެސް ފުރަތަމަ އެހަށް އަމިއްލަ ނަފްސައް ތެދުވެރިވާންވީ، އޭރުން ދެންހުރިކަންތަށް ރަނގަޅުވެދާނެ،،