ދުވާފަރު ކައުންސިލުން ހައްގުވެރިންނަށް ޒަކާތު ފައިސާ ދިން: މިނިސްޓްރީ
ދުވާފަރު ކައުންސިލުން އެ ރަށުގައި ތިބި ޒަކާތު ފައިސާ ހައްގުވާ މީހުންނަށް އެ ފައިސާ ދިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ހާމަވާ ގޮތުގައި އުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ސެޕްޓެންބަރު 16 ވަނަ ދުވަހު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުޙައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ވާ ގޮތުން މުދަލު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް އެލްޖީއޭއަށް ލިބިފައިވެއެވެ. އަދި އެ ލިޔުމުގައި ފައިސާ ހަވާލު ކުރި ފަރާތްކަމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލް މެންބަރު ޒުހުދާ އާދަމް ކަމަށާއި، ނަމަވެސް، ޒުހުދާއާ ހަވާލުކުރި ފައިސާ އަކީ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޒަކާތުގެ ގޮތުގައި ޖަމާކުރި 318،600 ރުފިޔާކަމެއް ނުވަތަ އެހެން ފައިސާ އެއް ކަމެއް ކަށަވަރުވެފައި ނުވާކަމަށް އެ ރިޕޯޓުގައި ވެއެވެ.
މީގެއިތުރުން، ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވާ ގޮތުގައި ޒަކާތް ދިނުމަށް ބޭނުންވާ 54,608 ރުފިޔާ ކައުންސިލް މެންބަރު ޒުހުދާ އާދަމްއާ ނަގުދުކޮށް ހަވާލުކޮށްފައިވެއެވެ. އަދި ޒުހުދާއާ ހަވާލުކުރި ފައިސާ ލިބެންވީ ފަރާތްތަކަށް ދިފައިވާކަން އެއްވެސް ލިޔެކިޔުމަކުން ކަށަވަރު ކުރެވެން ނެތް ކަން ރިޕޯޓުގައި ފާހަގަކުރެއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ކައުންސިލް އިދާރާތައް މެދުވެރިކޮށް ކޮންމެ އަހަރަކު ފިޠުރު އަދި މުދަލު ޒަކާތުގެ ފައިސާ އޭގެ ޙައްޤުވެރިންނަށް ރައްދުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރާއިރު، ކައުންސިލްތައް މެދުވެރިކޮށް ކޮންމެ އަހަރަކު ޒަކާތް ބެހުމަށްފަހު އެ ފައިސާ ބެހިގޮތުގެ ރިޕޯޓްތައް ކައުންސިލްތަކުން ހޯދުމަކީ، މި މިނިސްޓްރީން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަކަމެއްކަން ކަމަށެވެ.
އެގޮތުން، ދުވާފަރު ކައުންސިލުން 2022 ވަނަ އަހަރުގެ ފިޠުރު އަދި 2021 ވަނަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ޙައްޤުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓު މި މިނިސްޓްރީން އަންގާފައިވާ ތާރީޚަށް ފޮނުވާފައިވާކަމާއި އަދި މި ލިޔުންތަކަކީ ޒަކާތުގެ ޙައްޤުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޒަކާތުގެ ފައިސާއާ މެދު ޢާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށާއި، ޢާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލޭފަދަ މޭރުމުން ޚަބަރު ފަތުރާ ފަރާތްތަކުން އެކަން ނުކުރުމަށާއި ކަމާގުޅުންހުރި އިދާރާތަކުން މަޢުލޫމާތު ކަށަވަރުކުރެއްވުމަށްފަހު ނުނީ މިފަދަ ޚަބަރުތައް ޢާންމުނުކުރެއްވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކަލޭތީ އިންޑިއާ ރެއްސުމަށްޓަކައި ޔޯގާ ހުއްދަކުރަން އުޅުނު މީހާ…. އަދި އަހަރެމެންނެއް ހަނދާނެއް ނުނެތޭ!