ޚަބަރު

ވައްޑެގެ ނުރުހުން ފަޔާއަށް: ރުމާލު2އަކާއި ޞަދަޤާތް ފައުންޑޭޝަން އިޔާދަ ނުކުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން އާއްމުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން އެމްޑީޕީން ނިންމި ނިންމުމަށް އެ ޕާޓީގެ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހަމަހަމަކޮށް ފޯރުކޮށްދޭން ޖެހޭ ކަމެއްގެ ތެރެއަށް ޕާޓީގެ "ޖަގަހަތައް" ވައްދައިގެން ނުވާނެ ކަމަށެވެ.

އަދި މިކަން ފާހަގަ ކުރީ، އަލުން އަނެއްކާ ޞަދަގާތު ފައުންޑޭޝަނާއި ރުމާލު2 ޖަގަހައިގެ ޒަމާން އިޔާދަ ކުރުމަށެވެ. ޞަދަގާތު ފައުންޑޭޝަނާއި ރުމާލު2 އަކީ ރައީސް ޔާމީންގެ ދުވަސްވަރު ހިންގި ދެ ހަރަކާތެކެވެ. ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހީމް ހިންގެވި ޞަދަގާތު ފައުންޑޭޝަނުން ދައުލަތުގެ މުދާ ބޭނުންކޮށްގެން، އަމިއްލަ ހަރަކާތްތައް ހިންގި ކަމަށް ތުހުމަތު ކުރެއެވެ.

އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ޓެގް ކުރައްވަމުން ވައްޑެ ވަނީ އެމްޑީޕީ އެހާ ދަށަށް ވައްޓާ ނުލުމަށް ގޮވާލާފައެވެ.

އެމްޑިޕީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް އެއް ވައުދު ކަމަށްވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން އެހީތެރިވުމަށް މިރެއިން ފެށިގެން ކޮންމެ ރެއަކު 8:00 އިން 10:30 އަށް ސެޝަންތަކެއް އޮންނާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!