ޚަބަރު

މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްގެ ސްޕޯކްސްޕާސަން އަކަށް ވައްޑެ

ރައުފާ ރަޝީދު ، ދެން އޮންލައިން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެމްޕެއިން ސްޕޯކްސްޕާސަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހަމަޖައްސައިފިއެވެ.

ޑިމޮކްރެޓްސްއިން ވިދާޅުވީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އެ ޕާޓީގެ ކެމްޕްއިން، ފާރަވެރި މަޖިލިސްގެ ކެމްޕޭން ސްޕޯކްސްޕާސަން ކަމުގެ މަގާމަށް ވައްޑޭ އައްޔަނުކުރައްވާފައިވާ ކަމަށެވެ. 

މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ސުންގަޑި ހަމަވިއިރު 381 ފޯމް ވަނީ ހުށަހަޅާފައެވެ. މި އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް ޕީއެންސީނެވެ. އެ ކޯލިޝަނުން 90 ކެންޑިޑޭޓުން ކުރިމަތިލާއިރު އެމްޑީޕީން 89 ކެންޑިޑޭޓުން، ޑިމޮކްރެޓްސް 41 ކެންޑިޑޭޓުން، ޕީއެންއެފް އިން 49 ކެންޑިޑޭޓުން، އަދާލަތުން 4 ކެންޑިޑޭޓުން އަދި ޖުމްހޫރީ ޕާޓީން 10 ކެންޑިޑޭޓުން ވާދަކުރަން ވަނީ ފޯމު ހުށަހަޅާފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ނިންމަވާފައިވަނީ އަންނަ މާރިޗު މަހުގެ 17 ގައެވެ. ނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!