ޚަބަރު ސިޔާސީ

ވައްޑެ, އިމްރާނަށް: ދީން ތި ބޭނުންކުރަނީ އިންތިޚާބުތަކާ ދިމާކޮށް ''ލައިގެން ކާނެ އެއްޗެއް'' ހޯދަން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް ''ލައިގެން ކާނެ އެއްޗެއް'' ހޯދަން ކުރާ ކަމެއްގެ ގޮތުގައި އިސްލާމްދީން ބޭނުން ކުރުން މިހާރު ދެން ހުއްޓާލަންވެއްޖެ ނޫންތޯ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ), ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާނާ ސުވާލު ކުރައްވައިފިއެވެ.

Ads by Hajj Corporation

ޔޯގާއަކީ ކޮބައިކަމާ އޭގެ ޙުކުމްތައް ބަޔާންކޮށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ރޭ ވަނީ “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ގެ ނަމުގައި ކަރުދާހެއް އެކުލަވާލައި ޢާންމުކޮށްފައެވެ.

އެ ކަރުދާސް ޢާންމުކުރުމުން ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބާ ކައިރިވާ ވަރަކަށް މިކަހަލަ ''ޢިލްމީ ކަރުދާސް'' ނެރޭލެއް ގިނަވާނެ ކަމަށެވެ.

''ރިޔާސީ އިންތިޚާބާ ކައިރިވާ ވަރަކަށް މިކަހަލަ ޢިލްމީ ކަރުދާސް ނެރޭލެއް ގިނަވާނެ. ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް ލައިގެން ކާނެ އެއްޗެއް ހޯދަން ކުރާ ކަމެއްގެ ގޮތުގައި ދީން ބޭނުންކުރުން މިހާރު ދެން ހުއްޓާލަންވެއްޖެ ނޫންތޯ.'' އިމްރާނަށް އަމާޒު ކުރައްވައި ވައްޑެ ކުރެއްވި ޓުވީޓުގައި ސުވާލުކުރެއްވިއެވެ.

ވައްޑެ މިހެން ވިދާޅުވިއިރު ފަހަކަށް އައިސް އިމްރާން ގެންދަވަނީ އިސްލާމްދީނާ ގުޅޭ ގޮތުން ޓުވީޓުތައް ކުރައްވަމުންނެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!