އަޅުވެތިކަމެއްގެ ތަޣައްޔަރުކަން މިނިވަން ޖައްވަށް މިވަނީ ވެރިވެފައި: ޝިޔާމް

މި އަހަރުގެ މިނިވަން ދުވަހާ ޤައުމު ކުރިމަތިލިއިރު އަޅުވެތިކަމެއްގެ ތަޣައްޔަރުކަން މިނިވަން ޖައްވަށް ވެރިވެފައިވާކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި, ރާއްޖޭގެ ޤައުމީ ދިދަ ހިއްސާ ކުރައްވައި ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ މިނިވަން ދުވަހާ ޤައުމު ކުރިމަތިލިއިރު އަޅުވެތިކަމެއްގެ ތަޣައްޔަރުކަން މިނިވަން ޖައްވަށް މިވަނީ ވެރިވެފައި ކަމަށެވެ.
އޭގެ އިތުރުން ރައްޔިތުންގެ އިތުބާރަށްވުރެ ވެސް ބޮޑަށް ޤައުމުގެ އިތުބާރު މިވަނީ ވެރިންނަށް ގެއްލިފައިކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ޓުވީޓު ނިންމަވައިލައްވަމުން ވަނީ މި ލޮބުވެތި ވަޠން މިނިވަންކަންމަތީ އަބަދުމެ ލެހެއްޓެވުމަށް ވެސް ﷲ ގެ ހަޟްރަތުގައި އެދިވަޑައިގެންފައެވެ.