ޚަބަރު ސިޔާސީ

ރަސޫލާއަށް ހަޖޫޖަހައި, މުންކަރާތްތަކަށް ހިތްވަރުދޭ ބަޔަކަށް ދީން ހިމާޔަތެއް ނުކުރެވޭނެ: ޝަރީފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހަޖޫޖަހައި, މުންކަރާތްތަކަށް ހިތްވަރުދޭ ބަޔަކަށް އިސްލާމްދީން ހިމާޔަތެއް ނުކުރެވޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެެއްޖެއެވެ.

Ads by Hajj Corporation

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ފުރަތަމަ ހިމާޔަތްކުރަން ޖެހެނީ އިސްލާމްދީންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހަޖޫޖަހައި, މުންކަރާތްތަކަށް ހިތްވަރުދޭ ބަޔަކަށް އިސްލާމްދީން ހިމާޔަތެއް ނުކުރެވޭނެ ކަމަށާއި, ޤާނޫނު އަސާސީއަށް ކޮޅުފައިން އަރާ ބަޔަކަށް ޤައުމުގެ ސުލްހަ މަސްލަހަތު ރައްކާތެރިއެއް ނުކުރެވޭނެ ކަމަށެވެ. އަދި ޤައުމުގެ ވަތުބަތާނަ ވިއްކައިލި ބަޔަކަށް ޤައުމުގެ ސިޔާދަތު ރައްކާތެރިއެއް ނުކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ދުނިޔޭގެ އަރި ހުރަހަށް ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް ލާޒިމް ކަމަށާއި, އެކަމަށްޓަކައި އެންމެ ފުރަތަމަ ރައްކާތެރިވެ ހިމާޔަތްކުރަން ޖެހެނީ އީމާނާއި ޢަޤީދާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލު އެކީ އެއް މާރަކުން ބަނދެވިގެންވާ ޙަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!