ޚަބަރު

ޒައިދު, ނަޝީދަށް: ނުކިޔަވާ ހުރެ ފަތުވާ ދިނުން ހުއްޓާލަންޖެހޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ނުކިޔަވާ ހުރެ ފަތުވާ ދިނުން ހުއްޓާލަންޖެހޭކަމަށް ވިދާޅުވެ އައްޝައިޚް ޢަލީ ޒައިދު ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

Ads by STELCO

ރާއްޖޭގައި ޔޯގާ ޢާންމުވަމުންދާތީ ޢިލްމީ ތަފްސީލުތަކުގެ އަލީގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ގެ ނަމުގައި ކަރުދާހެއް އެކުލަވައިލައި ޢާންމުކުރީ ރޭގައެވެ.

އެކަމަށް ރައްދު ދެއްވަމުން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުގައެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.

ނަޝީދަށް ރައްދު ދެއްވަމުން ޒައިދު ވިދާޅުވީ ނުކިޔަވާ ހުރެ ފަތުވާ ދިނުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ދީނުގެ އަސްލު އުސޫލުތައް އެނގެނީ ކިހާވަރަކަށްތޯ ނަޝީދާ ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން އަޤީދާގެ މައްސަލަތަކާއި އިޖުމާޢުއާއި ޤިޔާސާއި ފިޤްޙީ އެކި މައްސަލަތަކުގައި މީޒާންކޮށް ޤިޔާސްކުރައްވަން ދަސްކުރެއްވީ ދީނީ ކޮން ޔުނިވާސިޓީއަކުންތޯ ވެސް ސުވާލު ކުރެއްވިއެވެ.

  1. ރަޝީދު

    ލަވަކިޔާ ސޮރު ދީނީ ޢިލްމު ކިޔަވައިގެންހުރެތަ ފަތުވާ ދެމުންދަނީ