ހުއްދަ ނެތި ދީނުގެ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އަޅަންޖެހޭ: ޝައިޚް ލަޠީފް
ހުއްދަ ނެތި ދީނުގެ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އަޅައި ދިނުމަށް އައްޝައިޚް މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
ޝައިޚް ލަޠީފް މިހެން ގޮވައިލެއްވީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ގެ ނަމުގައި ކަރުދާހެއް އެކުލަވައިލައި ޢާންމުކޮށްފައިވަނިކޮށް ރައީސް ނަޝީދު އެކަމާ ގުޅިގެން ރައްދު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުގައެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެ ގޮތުން ޝައިޚް ލަޠީފް ވިދާޅުވީ ޢާންމު ތަންތަނުގައި ދީނުގެ ވާހަކަ ދެއްކޭނީ އެކުމުގެ ހުއްދަ އޮންނަ މީހުންނަށް ކަމަށެވެ. އެނޫން މީހަކަށް އެ ހުއްދަ ލިބިގެންނުވާކަމަށް ވެސް ޝައިޚް ލަޠީފް ވިދާޅުވިއެވެ.
''އެއީ ރައްޔިތުންގެ މަޖިލީސްގެ ރައީސްކަމުގައި ވިޔަސް އެ ނޫން މީހަކަށް ވިޔަސް އެހުއްދަ ލިބިގެނެއްނުވޭ.''
ޝައިޚް ލަޠީފް ވަނީ ހުއްދަ ނެތި ދީނުގެ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އަޅައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފައެވެ.
ރަގަޅު! އަލީރަމީޒު ލަވަ ކިޔަން އުޅެނިކޮށް ދީނީ ވާހަކަ ދައްކަން ހުއްދަ ދިނީ ކާކު ހެއްޔެވެ؟ ކަލޭމެންނަށް ސިޔާސީ ވާހަކަ ދެއްކޭކަމަށް ވަންޏާ އެމީހަކަށް އެމީހެއްގެ ދީނުގެ ވާހަކަ ދެއްކޭނެއެވެ.
އަލީ ރަމީޒަކީ ކިޔަވައިގެން ހުރި މީހެއް އޭނާގެ އެފާސް އޮތީމަ އެވާހަކަ ދައްކަނީ
ތި ޝޭޚުންތަކަށް ނަޝީދަކީ ކާކުކަން ދަސްނުވިމާ މިއަދު އޭނަޔަށް ރައްދުދީއުޅުމުގެ ބޭނުމެއް ފަހެ އެބައޮތްތޯއެވެ؟!
އުޑުގެދަށުގައިވާ ނުބައި ނުލަފާ ހުރިހާކަމެއް އެނީޒާމުގެ ތެރެއަށް ޖަމަޢަކުރެވިފައި މުޑުދާރު “ޑިމޮކްރެސީއޭ” ކިޔާ ނިޒާމެއް ތި ނަޝީދު މިގައުމުގައި ފަތުރާހަދަން ފުރުސަތުދީ ލޯމަރާލައިގެން ތިބެ އޭނަޔާ އެއްބައިވެ އޭނާ ވެރިކަމަށް ގެނެސްފަ އަނެއްކޮޅުން އެއްބައި ޝޭޚުން އޭނާޔާ ދެކޮޅަށް ނުކުމެ އޭނާގެ ވެރިކަން ވައްޓާލާ އަނީޔާވެރި ވުމުން ދެންކަލޭމެން ވާނީ “ސޭކުން” ނޫން ކޮންބަޔަކަށްތޯއެވެ؟ އަނެއްކާވެސް އޭނާގެ އަސްލު ސޫރާގައި ފާޅުވެ ކަލޭމެންނަޢި ދެކޮޅަށް ނުކުމެ ކަލޭމެން ފަހާ ދުވެގަތީމާ ދެން އޭނާއަށް ރައްދީ އުޅުމުން ދެންކުރާނެ މަންފާއެއް ފަހެ އޮއްނާނެތޯއެވެ؟
ދީނާ ސިޔާސަތަކީ އެކައްޗެއް ބަޔަކު އެ ވަކިކޮށްގެން އުޅުނަސް…
މީ ވާ މަނިކުފާނެއް.
ވަރައް ރަނގަޅު ވާހަކައެއް.މިކަލޭގެ ހައްޔަރުކިރަންވީ އަވަހަށް.
ނުކުރާނެ. ޢެއީ އެންމެ މަތީ ފަޑީގައިވެސް ތިބީ ގަންޖާބޯ އާއި ޖެހި ނަގޫ ފިތިފަ ތިބި މީހުން.
މިއީ މަކުނު ސިޓީ. މިތާ ހިނގާނީ އަންދާ ޤާނޫނު.
އެމް.ޑީ.ޕީ އަކީ ލާދީނީ ވެރިކަމަށް ވަރަށް ލޯބި ކުރާ ބައެއް.
ނަސީދު ރަޖަމް ކުރަން ލަސްވެއްޖެ،
މުސްލިމުން ދީނީ ވާހަކަ ދެއްކުމުގައި ތަޅު އެޅުވުމަކީ ކުރެވޭނެ ކަމެއްނޫން. ޝޭޚުންވެސް ނޯޅިތިބޭތި. އިސްލާމްދީނަކީ އެންމެންގެ ދީން މިޔަކު ނެން ފޮރުވާފަ އޮތްކަމެއް އަދި މުސްލިމުންނަށް ނޭގޭ ކަމެއްވެސް
ރައީސް ނަޝީދު އެ ދެއްކީ ދީނީވާހަކަ އެއްތަ؟ ދީނީ އިލްމު ކިޔަވައިދޭން ދައުލަތުން ބޮޑު ބިމެއްދަމައިގަނެފަ އެތަނުގަ ގެޔެއް އަޅާފަ އެގެޔައް ތޮއިބާ ކިޔުމް ވެސް އެބަ މަނާ ކުރަންޖެހޭ.
ދީނުގެެ ވާހަކަަަ ދައްކަންވާނީީ ތެދުބަހުންްް. ދޮގުހަދާފިއްޔާާ ފިޔަވަޅުުު އަޅަންވާނެެ.
ނަޝީދު އެއްޗެއްކޭ ކިޔާއިރަށް އަމިއްލަޔަށް ޝޭހު ހެދިގެން އުޅޭމީހުން ހައުދަހާ އަވަހަކަށް ރައްދު އެބަދެޔޭ. މީ މުޅިން އެހެންކަމެހެންހެން މިހާރު އެބަހީވޭ. މިގައުމުގައި ލިވާތުކުރުމާ، މީހުންމެރުމާ، ކުޑަކުދިންނާއި ބެހުމާ މިހެންގޮސް މިކަހަލަ ބައިވަރު މައްސަލަތައް އޮތްއިރު އެއިންކަމާ ޗުއްޕުވެސް ބުނެނުލާ ތިބުން ޝޭހުންނަށް ހަމައޯކޭ އެހެންނުންތޯ.
ހުއްދަ އޮވެގެން ހެޔޮދޯ ކޮންމެފަދަ ނުބައިކަމެއްކޮށް ކޮންމެފަދަ ނުބައި އެއްޗެއް ކިޔަސް. މި އިލްމުވެރިންނޭ ކިޔައިގެން ގަނަތެޅޭ މީހުންނަށް ތޯރާބޯރާއިން ބިމެއް ދޭންވީ. ޢޭރުން އެތާ ޖިހާދޭ ކިޔައިގެން ތެޅި ބާލަން ތިބެދާނެނުން.