ޚަބަރު

މިސްކިތުން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭގެ ޖަލާލުއްދީން މިސްކިތުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

މިކަން ހާމަކޮށް، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރޭ ޖަލާލުއްދީން މިސްކިތުން ވައްކަން އުޅުނު ދެ މީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހުންގެ ވައްކަން ފަޅާ އަރާފައިވަނީ ސިޓީ ކައުންސިލުން މާލޭގެ މިސްކިތްތައް މޮނިޓަރު ކުރުމަށް ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއިންނެވެ.

މުއިއްޒު ވަނީ މިސްކިތްތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައެވެ.

މާލޭގެ މިސްކިތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން މާލެއާއި ވިލިމާލެ ހިމެނޭ ގޮތަށް ޖުމްލަ 39 މިސްކިތެއްގައި މާލެ ސިޓީ ކައުންސިލުން ސީސީޓީވީ ކެމަރާ ހަރުކޮށްފައެވެ. މި ކެމެރާތައް 24 ގަޑިއިރު އެ ކައުންސިލްގެ މުވައްޒިފުން ދަނީ މޮނިޓަރ ކުރަމުންނެވެ.

Ads by Allied Insurance
  1. ޢަބްދުﷲ

    މިސްކިތުން ވައްކަން މުއައްސަސާތަކުން ވައްކަން ކައުންސިލް ތަކުން ވައްކަން ލިވާތުން ވައްކަން ކޮވިޑުން ވައްކަން ކަނބުރުގެ ތެރޭން އަތްކަން މުޅި ޤައުމުގައި ވައްކަން މުޅި ދައުލަތް ވަށާ ވައްކަން މަގުފާރުތަޢ ވައްކަން ބޯހަލާކުވާހާ ކަންކަން މީޙިޔާނާތުގެ 10 އަހަރުގެ ވައްކަން

  2. ކަޅޭ

    މާދަން ދޫކޮއްލާނެ! ތިޔަ މީހުންއަތުން ދައުލަތަށް ލިބޭނެ ލޯލާރިއެއްވެސް ނޯންނާނެ.. ޖެހޫނަސް ޖެހޭނީ ތަކުލީފެއްނު